Majlis 2024

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ފެނަކައާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ފެނާއި ނަރުދަމާ

3 ރަށެއްގެ ނަރުދަމާގެ މަސައްކަތް 107 މިލިއަނަށް ފެނަކައާ ހަވާލުކޮށްފި

ވިލިނގިއްޔާއި ނިލަންދޫ އަދި ހިތަދޫގައި ނަރުދަމާގެ މަސައްކަތް ކުރަން ފެނަކައާ މިއަދު ވަނީ ހަވާލުކޮށްފައި

ތިން ރަށެއްގައި ނަރުދަމާގެ މަސައްކަތް ކުރަން، ޖުމްލަ 107.6 މިލިއަން ރުފިޔާއަށް ފެނަކަ ކޯޕަރޭޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަސައްކަތުގެ އެއްބަސްވުމުގައި:

  • ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު

  • ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު

ފެނަކައާ ހަވާލުކުރި ތިން މަޝްރޫއު

ފ. ނިލަންދޫ ވެކިއުމް ސްވަރޭޖް ސިސްޓަމް އަޕްގްރޭޑްކުރުން:

  • އެ މަސައްކަތުގެ އަގަކީ 42.3 މިލިއަން ރުފިޔާ 

  • ހަވާލުކުރީ ހަ މަސްދުވަހުން ނިންމަން

ގއ. ވިލިނގިލީގައި އަލަށް އާބާދުވި ސަރަހައްދާއި ހިއްކި ބިމުގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުން:

  • މަޝްރޫއުގެ އަގަކީ 43.8 މިލިއަން ރުފިޔާ

  • ހަވާލުކުރީ 16 މަސްދުވަހުން ނިންމަން

އައްޑޫ ހިތަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ގާއިމްކުރުން:

  • މަޝްރޫއުގެ އަގަކީ 21.5 މިލިއަން ރުފިޔާ 

  • ހަވާލުކުރީ އަހަރެއްގެ ތެރޭގައި ނިންމަން

އިތުރު އާޓިކަލް

އިތުރު އާޓިކަލް