Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

މަގޫދޫ މީހުން ނިލަންދުއަށް 'އީދު ވެދުމާ' ދަނީ. (ދައުރު ފޮޓޯ)

އީދު

މަގޫދޫގައި އީދުގެ ހަރަކާތްތައް ފެށީ 'ވެދުމާ ދިޔުމުން'

މި އަހަރުގެ ބޮޑު އީދުގައި މަގޫދޫގައި އޮތީ ހުސް ސަގާފީ ކުޅިވަރުތަކާއި ހަރަކާތްތައް

ފ. ނިލަންދޫ ބަނދަރަށް ވަން އެ ދޯނީގައި އެންމެ ކުރީގައި ތިއްބެވީ، އެ އަތޮޅު މަގޫދޫ ކައުންސިލްގެ މެމްބަރުންނެވެ. ފަހަތުން، ހުދު ހެދުމާއި ފޭލީގައި ތިބި ފިރިހެނުން ދޯނީގެ ދެ ފަރާތުގައި އިށީނދެ ތިބެ ދިޔައީ ދަނޑިޖަހަމުންނެވެ. ދިދަ ޖަހައި ޒީނަތްތެރިކޮށްފައިވާ އެ ދޯނިތައް ބަނދަރަށް ވަދެވުމާ އެކު، މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު، ބޮޑު ދިވެހި ދިދައެއް ނަންގަވައި ހޫރައްވާލި އެވެ. އެއާ އެކު، އެ ހަރަކާތަށް ހާއްސަ ލަވައަކުން މުޅި ބަނދަރުމަތި ފަޅުފިލުވާލި އެވެ.

މިއީ މި އަހަރުގެ ބޮޑު އީދުގެ ފެށުން ފާހަގަކުރުމުގެ ގޮތުން މަގޫދޫ ކައުންސިލުން ކުރިއަށް ގެންދިޔަ 'އީދު ވެދުމާ ދިޔުމު'ގެ ހާއްސަ ހަރަކާތެކެވެ. ކުރީގައި ބޮޑު މާލޫދަށް އަތޮޅުގެ ރަށްރަށަށް ދައުވަތު ދޭން ދާ ގޮތަށް، މަގޫދޫން ނިލަންދުއަށް ދިޔައީ މި މަހުގެ 27ގައި އޮންނަ، 40 އަހަރުން މަތީގެ މީހުންގެ ފުޓުބޯޅަ މެޗަކަށް ދައުވަތު ދޭން ވެގެންނެވެ.

މަގޫދޫގެ ބައެއް މީހުން، ކުޑަ ޑިންގީއެއްގައި ނިލަންދުއަށް ދަނީ: އެ ރަށުގައި މި ފަހަރު ކުލަގަދަކޮށް އީދު ފާހަގަކުރޭ. (ފޮޓޯ/މަގޫދޫ ކައުންސިލް)

މަގޫދޫގެ ކައުންސިލާއި ރައްޔިތުންގެ ތެރެއިން ކަނޑައަޅާފައިވާ ޓީމެއް ނިލަންދުއަށް އެރުމާ އެކު، އެ މީހުންނަށް މަރުހަބާކީ ނިލަންދޫގެ ވެރިންނާއި ރައްޔިތުންނެވެ. އީދު ދައުވަތު ދޭން ކަނޑައަޅާފައިވާ ސަރަހައްދަށް މެހެމާނުން ދިޔައިރު، އެ މީހުންގެ ކުރީގައި ތިބެ، ދަނޑިޖަހަމުން ގެންދިޔައީ ނިލަންދޫގެ އުމުރުން ދުވަސްވީ ފިރިހެނުންގެ ގުރޫޕެކެވެ. ރަތް ޓީޝާޓާއި ފޭލީގައި ބޮލުގައި ފޮށާ ބަނދެގެން ތިބި މީހުން ދަނޑިޖަހަމުން ދިޔައިރު، އެ މަންޒަރުތައް ބަލާލަން ގިނަ ބަޔަކު އެއްވެފައި ތިއްބެވެ.

އެ ހަރަކާތަށް ހާއްސަ ސަރަހައްދަށް ދެވުމާ އެކު، މަގޫދޫ ކައުންސިލްގެ ރައީސް ވަހީދު ބިލެތްގަނޑެއް ނަންގަވައި ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދަށް ދެއްވި އެވެ. ދެން ދައުވަތު ދެއްވީ ދެ ރަށުގެ މެދުގައި އޮންނަ އެކުވެރިކަން އާލާކުރުމަށް ބާއްވާ ފުޓުބޯޅަ މެޗަށް ނިލަންދޫގެ ހުރިހާ ރައްޔިތުން މަގޫދޫއަށް ދިޔުމަށެވެ.

އީދުގެ ދައުވަތު ހިފައިގެން މަގޫދޫ މީހުން ނިލަންދުއަށް ދިޔުމުން އެ ރަށުން މަރުހަބާ ކިޔަނީ. (ދައުރު ފޮޓޯ)

ހަމަ މިގޮތަށް، މަގޫދޫ އަންހެނުންގެ ކޮމެޓީގެ ރައީސް ވެސް ނިލަންދޫގެ އަންހެނުންނަށް ދައުވަތު ދެއްވި އެވެ.

އެ ދައުވަތު ނިމުމާ އެކު، ރަށުގައި ގިނަ އިރު ނުތިބެ، މަގޫދޫގެ މެހެމާނުން ފައިބައިގެން ދިޔަ އެވެ. މިއީ އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ އަލްހާ އީދު ކުލަގަދަކޮށް މަގޫދޫގައި ބޭއްވުމަށް ހިންގާ ހަރަކާތްތަކުގެ ފެށުން ކަމަށް އެ ރަށު ކައުންސިލުން ބުންޏެވެ.

މި އަހަރުގެ އީދު ތަފާތުކޮށްލުމަށް ކައުންސިލުން ވަނީ ބޮޑު ބަޖެޓެއް ކަނޑައަޅާފަ އެވެ. އެއާ އެކު، ބާއްވާ ހަރަކާތްތައް ވެސް ގިނަ އެވެ. މުޅި އީދު ބިނާކޮށްފައިވަނީ ސަގާފީ ކުޅިވަރުތަކާއި އިހުގެ އާދަކާދަތަކުގެ މައްޗަށެވެ. 

މަގޫދޫ މީހުން ނިލަންދުއަށް ދިޔުމުން އެ ރަށުގެ މީހުން މަރުހަބާ ކިޔުމުގެ ގޮތުން ދަނޑިޖަހަނީ. (ފޮޓޯ/މަގޫދޫ ކައުންސިލް)

ކައުންސިލުން ދެން ފާހަގަކުރީ ދަނޑިންނާއި ފޮތިން ތިން ބުރިއަށް ހަދާ ފޭލިގެ އެވެ. އިހުގެ ދިރިއުޅުން ދައްކައިދޭ ގޮތަށް، ރަށުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ކުޅޭ ތަމްސީލުތައް ނުކުންނާނީ އެ ފޭލިގޭގެ ތެރެއިންނެވެ. ކޮންމެ މުއައްސަސާއަކުން ވެސް ވަކި ތަމްސީލެއް ހުށަހަޅައިދޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

އީދު ދުވަހުގެ މެންދުރުގެ ކެއުން ވެސް ތައްޔާރު ކުރަނީ ރައްޔިތުން ވެގެން ބޮޑު ޖާފަތެއްގެ ގޮތަށެވެ. ކޮންމެ ގެއަކުން ހަތަރު ކޭން ނެރޭއިރު، ކެއުން އޮންނާނީ އެންމެން އެކުގަ އެވެ.

މަގޫދޫ މީހުން ނިލަންދުއަށް ދިޔުމުން އެ ރަށުގެ މީހުން މަރުހަބާ ކިޔުމުގެ ގޮތުން ދަނޑިޖަހަނީ. (ދައުރު ފޮޓޯ)

މަގޫދޫ ކައުންސިލުން ބުނި ގޮތުގައި، އެ ޖާފަތަށް ކެއުންތައް ތައްޔާރު ކުރާނީ ވެސް ކައުންސިލްގެ ހަރަދުގަ އެވެ. 

"ހަނޑުލާއި ފުށާއި ކުކުޅު ކަހަލަ އެއްޗެހި އަޅުގަނޑުމެން ދޭނީ. އެ ތަކެތި ގެތަކަށް ހަވާލު ކުރަން ދާނީ ވެސް ހާއްސަ ރަސްމިއްޔާތެއްގައި ވަކި ގޮތަކަށް ތިބެގެން،" ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން ބޮޑުމަސް ކުޅުމާއި ބޮޑު ހުޅު ރޯކުރުމާއި ފަންކުޅުމާއި ތިން މުގޯލި ފަދަ ހަރަކާތްތައް މި އީދުގައި އޮންނާނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކޮމެންޓް (3)

އަލްއަމީރު

22 ޖޫން 2022
ތިކޮޅައް ދޯ ދާންވީ؟ ގެސްޓް ހައުސްތައް ހުންނާނެ ދޯ؟
1 0

ގަމާރު

22 ޖޫން 2022
@އަލްއަމީރު އަވަހަށް ފޮއްޓަށް އެއްޗެހި އަޅާ ތައްޔާރުވޭ. ގެސްޓް ހައުސްތައް ފުލް ވަނީ.
1 0

އަލް އަމީރު

22 ޖޫން 2022
@ގަމާރު ތައްޔާރައް މިހިރީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް