Majlis 2024

ސެލީނާ ގޯމޭޒް

ސެލީނާ ގޯމޭޒް

ސެލީނާ ބޭނުންވަނީ މި އުމުރުގެ ބައިވެރިއެއް

އޭނާ ބުނީ ބައިވެރިޔަކު ނެތި ހުސްކޮށް ހުރުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށް
9 މޭ 2022

ބައިވެރިއެއްގެ ގޮތުގައި ހިޔާރުކުރާ މީހާގެ ހުންނަން ޖެހޭ ބައެއް ސިފަތައް ސެލީނާ ގޯމޭޒް ކިޔައިދީފި އެވެ. ޓިކްޓޮކްގައި އޭނާ އާންމު ކުރި އެކަމަކު މިހާރު ޑިލީޓްކޮށްލާފައިވާ ވީޑިއޯއެއްގައި އޯޑިއޯ އަކަށް ލިޕް ސިންކް ކޮށްފައިވާއިރު، ބައިވެރިޔާ އަކީ 31 އަހަރުން މަތީގެ މީހަކަށް ވާން ޖެހޭނެ ކަމަށް އެ ވީޑިއޯގައި ބުނެ އެވެ.

މަޖަލަކަށް ހަދާފައި ޓިކްޓޮކް އަށް ދޫކޮށްލި މި ވީޑިއޯގެ ކުރިން ސެލީނާ ބުނީ ބައިވެރިޔަކު ނެތި ހުސްކޮށް ހުރުމަކީ އޭނާ އަށް މައްސަލައެއް ނޫން ކަމަށާއި އެކަމާ ކަންބޮޑު ވެސް ނުވާ ކަމަށެވެ.

ޑިޒްނީ ތަރިއެއްގެ ގޮތުގައި މަގުބޫލުކަން ހޯދި އުމުރުން 29 އަހަރުގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު މިހާރު ކުރަނީ ހޫލޫ އިން ދައްކާ 'އޮންލީ މާޑާސް އިން ދަ ބިލްޑިން'ގެ މަސައްކަތެވެ.

މީގެ އިތުރުން މި މަހުގެ 14 ވަނަ ދުވަހު ދައްކާ 'ސަޓަޑޭ ނައިޓް ލައިވް' ޝޯގެ ހޮސްޓުގެ ގޮތުގައި ވެސް ސެލީނާ ފެންނާނެ ކަމަށްވެ އެވެ. އެ ޝޯގެ މިއުޒިކް ގެސްޓެއްގެ ގޮތުގައި ފެންނާނީ ޕޯސްޓް މެލޯން އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް