ވެމްކޯއިން ކުރިއަށްގެންދާ ވޭސްޓް އެވެއާނަސް ޕްރޮގްރާމުގައި މައުލޫމާތު ދެނީ. (ފޮޓޯ/ވެމްކޯ)

ވެމްކޯ

ކުނި ވަކިކުރުމަށް އޮފީސްތަކުގެ މުވައްޒަފުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ވެމްކޯއިން ފަށައިފި

މި ޕްރޮގްރާމްގައި، އެކި ބާވަތްތަކުގެ ކުނި ވަކިކުރާނެ ގޮތާއި ކަމާ ގުޅޭ އިތުރު މައުލޫމާތު ދެމުން އަންނަ ކަމަށް ވެމްކޯ އިން ބުނި

އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހޭލުންތެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް އިއްޔެ ފަށައިފި އެވެ.

ވީ ކިހިނެއް؟ - ވެމްކޯ އިން ބުނިގޮތުގައި ކުނި އުކާލުމުގެ ކުރިން އެކި ބާވަތްތަކުގެ ކުނި ވަކިކުރާނެ ގޮތާއި މިކަމާ ގުޅުން ހުރި އިތުރު މައުލޫމާތު، މި ޕްރޮގްރާމްގެ ބައިވެރިންނަށް ފޯރުކޮށްދޭނެ އެވެ.

ތަފްސީލު - ކޮންމެ އޮފީހަކަށް ވެސް ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމް ފެށީ ރައީސް އޮފީީހުންނެވެ.

ވެމްކޯއިން ކުރިއަށްގެންދާ ވޭސްޓް އެވެއާނަސް ޕްރޮގްރާމުގެ ތެރެއިން. އެ ޕްރޮގްރާމުގެ ބައެއް ބައިވެރިން. (ފޮޓޯ/ވެމްކޯ)
ވެމްކޯއިން ކުރިއަށްގެންދާ ވޭސްޓް އެވެއާނަސް ޕްރޮގްރާމުގައި މައުލޫމާތު ދެނީ. (ފޮޓޯ/ވެމްކޯ)

ވެމްކޯއިން ބުނީ ސިވިލް ސާވިސް، އާންމު ހިދުމަތް ދޭ ތަންތަން، ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި އަމިއްލަ ކުންފުނިތަކުގެ މުވައްޒަފުންނަށް ހާއްސަ ވޯކްޝޮޕްތަކެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

"ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކި މިނިސްޓްރީތަކާއި އިންސްޓިޓިއުޓްތަކަށް ވެސް މި ކެމްޕޭނުގެ ދަށުން ތަމްރީން ޕްރޮގްރާމް ކުރިއަށްގެންދާނެ،" ވެމްކޯއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް