Majlis 2024

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން: މިއީ އެއާޕޯޓަށް ބާރުބޮޑު ދުވަސްކޮޅެއް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ާާއެއާޕޯޓަށް ބާރުބޮޑު ވާތީ ފްލައިޓްގެ 3 ގަޑިއިރު ކުރިން ދާން އެދިއްޖެ

އެއާޕޯޓަށް ދާ ފަރާތްތަކުން މާސްކު އަޅައި ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ކުރަން ވެސް އިލްތިމާސްކުރި

މިއީ ޗުއްޓީ ދުވަސްވަރު ކަމުން ދަތުރުކުރާ މީހުން ގިނަވެ އެއާޕޯޓަށް ބާރުބޮޑުވާތީ ފްލައިޓް ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލް އިން މިއަދު އެދިއްޖެ އެވެ.

އެނގުން މުހިންމު - އިއްޔެ ސްކޫލް ބަންދު ފެށުނުއިރު، މި މަހުގެ 8 ވަނަ ދުވަހަކީ ހައްޖު ދުވަހެވެ. އެއަށް ފަހު އަންނަ ބޮޑު އީދު ޗުއްޓީއަށް ފަހު މިނިވަން ދުވަހާ ގުޅިގެން ވެސް ބޮޑު ޗުއްޓީއެއް މި މަހުގެ ތެރޭގައި ލިބެ އެވެ. އެހެންކަމުން މިއީ ވަރަށް ގިނަ މީހުން ރާއްޖޭގެ އެތެރޭގަ އާއި ރާއްޖޭން ބޭރަށް ދަތުރުކުރާނެ ދުވަސްވަރެކެވެ.

ބުނީ ކީކޭ؟ - އެމްއޭސީއެލް އިން މިއަދު ކުރި ޓުވީޓެއްގައި ވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދަތުރުކުރާ ފަރާތްތަކުން ފްލައިޓް ފުރުމުގެ 3 ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އިލްތިމާސްކޮށްފަ އެވެ. އެމްއޭސީއެލް އިން އެގޮތަށް އެދުނީ ޗެކްއިން ކިއުތައް ދިގުވެ، އިތުރު ޑިލޭތަކެއް ވުމަކީ އެކަށީގެންވާ ކަމަކަށް ވާތީ އެވެ. 

މީގެ އިތުރުން، މިއީ ކޮވިޑް-19ގެ ކޭސްތައް ވެސް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، އެއާޕޯޓުގައި މާސްކު އެޅުމާއި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އެމްއޭސީއެލް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ގުޅުން ހުރި ކަމެއް - ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވެސް ވަނީ ކޮވިޑާއި އެހެނިހެން ރޯގާތައް ފެތުރެމުން ދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އެގޮތުން:

  • ދަތުރުގެ ކުރިން ވެކްސިން ސެޓްފިކެޓް ހަދަން ޖެހޭ ނަމަ ނުވަތަ ގެއްލިފައިވާ ވެކްސިން ކާޑު އަލުން ހަދަން ޖެހޭ ނަމަ ދުރާލާ އެކަމަށް އެދިފައިވޭ 

  • ބަލީގެ އަލާމާތެއް ހުރިނަމަ ކޮވިޑް-19އަށް ޓެސްޓްކޮށް، ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ދަތުރު ނުފެށުން

  •  ރާއްޖެ އިން ބޭރަށް ދަތުރުކުރުމުގެ ކުރިން އިންޝުއަރެންސް ނެގުން އެދެވިގެންވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް