Majlis 2024

އެޑެލް އަދި ބިޔޯންސޭ

ގްރެމީ އެވޯޑްސް

ގްރެމީ ނޮމިނޭޝަންތަކުގެ ކުރީގައި ބިޔޯންސޭ އާއި އެޑެލް

ބިޔޯންސޭ 9 ކެޓަގަރީއަކުން އަދި އެޑެލް 7 ކެޓަގަރީ އަކުން ވަނީ ނޮމިނޭޓުވެފައި
17 ނޮވެމްބަރު 2022

ގްރެމީ އެވޯޑްސް 2023ގެ އެންމެ މުހިއްމު ކެޓަގަރީތަކަށް ލަވަކިޔުންތެރިޔާ ބިޔޯންސޭ އާއި އެޑެލް ނޮމިނޭޓު ވެއްޖެ އެވެ.

މި ދެ ފަންނާނުން ވެސް ވަނީ އަހަރުގެ އެންމެ މޮޅު އަލްބަމްގެ ބައިން ނޮމިނޭޓުވެފަ އެވެ. އެއީ އެޑެލްގެ އަލްބަމް '30' އަދި ބިޔޯންސޭގެ އަލްބަލް 'ރެނަސަންސް' އެވެ. އެ ކެޓަގަރީގައި ދެން ވާދަ ކުރަނީ ހެރީ ސްޓައިލްސް އާއި ކޯލްޑްޕްލޭ އަދި ސްވިޑްންގެ ޕޮޕް ގްރޫޕް އާބާ އެވެ.

އެޑެލްގެ 'އީޒީ އޮން މީ' އަދި ބިޔޯންސޭގެ 'ބްރޭކް މައި ސޯލް' ވަނީ ރެކޯޑް އޮފް ދަ އިޔާ އަދި ސޯންގް އޮފް ދަ އިޔާ ކެޓަގަރީ އިން ނޮމިނޭޓުވެފަ އެވެ. މީގެ އިތުރުން ޓޭލާ ސްވިފްޓުގެ 'އޯލް ޓޫ ވެލް (10 މިނެޓް ވާޝަން)' އާއި  ޓިކް ޓޮކް އަދި އިންސްޓަގްރާމު ރީލްތަކުގައި މަގުބޫލު، ހެރީ ސްޓައިލްސްގެ 'އޯލް އިޓް ވޯޒް' ވެސް ވަނީ ސޯންގް އޮފް ދަ އިޔާ ކެޓަގަރީ އިން ނޮމިނޭޓުވެފަ އެވެ.

ބިޔޯންސޭ ނުވަ ކެޓަގަރީ އަކުން އަދި އެޑެލް ހަތް ކެޓަގަރީ އަކުން ވަނީ ނޮމިނޭޓުވެފަ އެވެ.

ގްރެމީ އެވޯޑު ހަފްލާ އޮންނާނީ 5 ފެބްރުއަރީގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް