Majlis 2024

ޖަޕާނު ފައިސާ ޔެންގެ އަގު މަތިކުރުމަށް، ފަތުރުވެރިންގެ އަދަދުތައް ހިފެހެއްޓުމަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ޖަޕާނުން ދަނީ ވިސްނަމުން (ފޮޓޯ/ގެޓީ އިމޭޖެސް)

ޖަޕާން

އިގްތިސާދު އުފުލާލުމަށް ބޯޑަރު ކޮންޓްރޯލުތައް ޖަޕާނުން އުވާލަފާނެ

ޖަޕާނު ފައިސާގެ އަގު ވަނީ 24 އަހަރު ތެރޭ އެންމެ ދަށަށް ވެއްޓިފައި
12 ސެޕްޓެމްބަރު 2022

https://www.bbc.com/news/business-62873518

ކޮވިޑާ ގުޅިގެން ފަތުރުވެރިންގެ އަދަދުތައް ހިފެހެއްޓުމަށް ޖަޕާނުން އަޅާފައިވާ ފިޔަވަޅުތައް، އިގްތިސާދު ރަނގަޅު ކުރުމަށްޓަކައި އުވާލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް އެ ގައުމުގެ މީޑިއާއިން ރިޕޯޓުކޮށްފި އެވެ.

ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު އިތުރުވުމުން، އަގު ދަށްވެފައިވާ ޖަޕާނުގެ ފައިސާ ޔެން އަށް ފައިދާތަކެއް ކުރާނޭ ކަމަށް ޑެޕިއުޓީ ޗީފް ކެބިނެޓް ސެކްރެޓަރީ ސެއިޖީ ކިހާރާ ވަނީ ޓީވީ ޗެނަލަކަށް ވިދާޅުވެފަ އެވެ.

އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު، ޔެންގެ އަގު ވަނީ 24 އަހަރު ތެރޭ ވެއްޓިފައިވާ އެންމެ ދަށް މިންވަރަށް މިދިޔަ ހަފްތާގައި ވެއްޓިފަ އެވެ. 

ޖަޕާނަށް ދުވާލަކު ވަދެވޭނެ ޓޫރިސްޓުންގެ އަދަދު ހިފެހެއްޓުމަށް މިހާރު އަމަލު ކުރަމުންދާ ގަވާއިދު "މާ ދުރު ނޫން މުސްތަގުބަލެއްގައި" އުވާލުން އެކަށީގެންވާ ކަމަށް ކިހާރާ ވަނީ ވިދާޅުވެފަ އެވެ.

ޖަޕާނަށް ވަދެވޭ ބޭރުގެ ފަތުރުވެރިންގެ އަދަދު އޮތީ ކޮވިޑާ ގުޅިގެން ފާއިތުވެދިޔަ ދެ އަހަރު ވަރަށް ބޮޑަށް ކޮންޓްރޯލު ކޮށްފަ އެވެ. މިދިޔަ އަހަރު ބޭއްވި ޓޯކިޔޯ އޮލިމްޕިކް ގޭމްސް އަށް ވެސް ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރުން އޮތީ މަނާކޮށްފަ އެވެ.

ނަމަވެސް މި މަހުގެ ކުރީކޮޅު ޖަޕާނުގެ ސަރުކާރުން ވަނީ ދުވާލަކު އެ ގައުމަށް ޒިޔާރަތް ކުރެވޭ ފަތުރުވެރިންގެ އަދަދު 20،000 އިން 50،000 އަށް މައްޗަށް ޖައްސާފަ އެވެ. އަދި ފަތުރުވެރިން ގައިޑަކާ އެކު އުޅެން މަޖުބޫރުކޮށްފައި އޮތް ގަވާއިދު ވެސް ވަނީ އުވާލާފަ އެވެ.

ޖަޕާނުގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭ (ވީޑިއޯ/ ވިއޯން)

ދުވާލަކު ޖަޕާނަށް ވަދެވޭ ޓޫރިސްޓުންގެ އަދަދު އިތުރަށް މަތި ކުރުމުގެ ބަދަލުގައި، އެ ގަވާއިދު އެކީ އުވާލަފާނެ ކަމަށް ބައެއް ހަބަރުތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

ބޭރުގެ އެހެން ފައިސާތަކާ އަޅާބަލާއިރު އެމެރިކާ ޑޮލަރުގެ އަގު ވަނީ ފާއިތުވެދިޔަ ހަފްތާތަކުގައި މައްޗަށް ޖެހެން ފަށާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް