Majlis 2024

އުރީދޫގެ މެނޭޖިން ޑައިރެކްޓަރު އަދި ސީއީއޯ އަލް-ހަމާދީ (ވ) ރައީސް ސޯލިހު އަށް ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ހަދިޔާކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އުރީދޫ

ވޯލްޑް ކަޕުގެ މެޗެއް ބައްލަވާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް އުރީދޫން ރައީސް އަށް ދައުވަތު އަރުވައިފި

އެ ކުންފުނިން ވަނީ ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ ރައީސް އަށް ހަދިޔާކުރައްވާފައި

ގަތަރުގައި ޑިސެމްބަރު މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗެއް ބައްލަވާލެއްވުމަށް އެ ގައުމަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް، ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ ކުންފުނި އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޚާލިދު އަލް-ހަމާދީ ދައުވަތު އަރުވައިފި އެވެ.

މުޅި ދުނިޔެ މިވަގުތު އިންތިޒާރުކުރަމުން އަންނަ ފުޓްބޯޅައިގެ މި އީދުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް އަށް އެރުވީ، ވޯލްޑް ކަޕުގެ ރަސްމީ ބޯޅަ 'އަލް ރިހްލާ' އެމަނިކުފާނަށް ހަދިޔާކުރެއްވުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

އުރީދޫ އިން ބުނި ގޮތުގައި، ވޯލްޑް ކަޕުގެ ތާރީހުގައި މިހާތަނަށް އެ މުބާރާތަށް ތައްޔާރުކުރި އެންމެ ފުރިހަމަ ބޯޅަ ރައީސް އަށް ހަދިޔާކުރީ، މި މުބާރާތުން ދިވެހި ސަޕޯޓަރުންނަށް ހަނދާން ނައްތާނުލެވޭ ފަދަ ކުލަގަދަ، ފޯރިގަދަ ތަޖުރިބާތަކެއް ހޯދައިދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ރަމްޒެއްގެ ގޮތުން ކަމަށެވެ.

ރައީސް ސޯލިހު (ކ) އާއި އުރީދުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އަލް-ހަމާދީ މަޝްވަރާކުރައްވާއިރު އަރިހުގައި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް. (ފޮޓޯ/ރައީސް އޮފީސް)

އަލް-ހަމާދީ ވިދާޅުވި ގޮތުގައި ވަކި އުމުރެއްގެ މީހަކަށް ބެލުމެއް ނެތި މުޖުތަމައުގައި އެއްބައިވަންތަކަން އުއްފައްދާ ފުޓްބޯޅައަކީ ދިވެހިންގެ ހިތްތަކުގައި ހާއްސަ ލޯތްބެއް އުފެދިފައިވާ ކުޅިވަރެއް ކަމަށާއި އެހެންކަމުން މި މުބާރާތުގެ ތެރެއިން ކަސްޓަމަރުންނަށް ވަރަށް ހާއްސަ ފުރުސަތުތަކާއި ހަރަކާތްތައް ރާވާފައިވާ ކަމަށެވެ.

"ފީފާ ވޯލްޑް ކަޕް ގަތަރު 2022 ގެ އޮފިޝަލް މިޑްލް އީސްޓް އަދި އެފްރިކާ ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރުގެ ހައިސިއްޔަތުން މުބާރާތުގެ ފޯރިގަދަ ތަޖުރިބާއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް މަގުފަހިކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،" އަލް-ހަމާދީ ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހު އާއި އަލް-ހަމާދީ ވަނީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށް ސަރުކާރާއި އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ކުރަމުންގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަލް-ހަމާދީ ވަނީ އުރީދޫ އިން 5ޖީ ކަވަރޭޖް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމާއި، ޕީސް ކޭބަލް ވިއުގަ މެދުވެރިކޮށް ޔޫރަޕާއި ސިންގަޕޫރާ ރާއްޖެ ގުޅުވައިދީ، ގައުމީ ޓެލެކޮމް އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމާއި، އެކި އެކި ދާއިރާތަކަށް އީޖާދީ ހިދުމަތްތައް ތައާރަފްކުރުމަށް ކުރަމުންދާ މަސައްކަތުގެ ތަފްސީލް ރައީސް އަށް ދެއްވައިފަ އެވެ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް