ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންވާ ސާވޭގެ މަސައްކަތް ކުރިއަށް ދަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ވިލިމާލެ ބްރިޖު

ބްރިޖުގެ މަސައްކަތް ކުރާތީ މާލެ-ވިލިމާލެ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފި

ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެ-ހުޅުލެ ބްރިޖު ސަރަހައްދު ވަނީ ހުޅުވާލާފައި
14 އޯގަސްޓު 2022

މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅީފަޅު ގުޅާލާ ގްރޭޓާ މާލެ ބްރިޖު މަޝްރޫއުގެ މަސައްކަތް ކުރަމުން ދާތީ، މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރުކުރުން މާދަމާ އިން ފެށިގެން މަނާވާނެކަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މިއަދު އިއުލާނުކޮށްފަ އެވެ.

ތަފްސީލް - ޓްރާންސްޕޯޓްގެ އިއުލާނުގައި ބުނެފައިވަނީ، މާލެ އާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅީގައި ބްރިޖު އެޅުމުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީ، އެ މަސައްކަތްތައް ކުރިއަށް ދާ ވަގުތުތަކުގައި އެ ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށެވެ.

"އަދި ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރުކުރާ އުޅަނދުފަހަރަށް، މާލެ އާއި ހުޅުމާލެއާ ދެމެދު ގާއިމްކޮށްފައިވާ ބްރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ވާހަކަ ވެސް އަންގާ އިއުލާން ކުރީމެވެ،" ޓްރާންސްޕޯޓުން ބުންޏެވެ.

އެނގުން މުހިއްމު - ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށީ މި މަހުގެ 2ގަ އެވެ. އެ މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ އެފްކޮންސް އިން ވަނީ ތާވަލާ އެއްގޮތަށް، އެއްބަސްވެފައިވާ ތާރީހަށް ބްރިޖު ނިންމާނެ ކަމުގެ ޔަގީންކަން ކުރިން ދީފަ އެވެ.

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖް:

  • ޖުމްލަ އަގަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)

  • 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ އިން ދޭ ހިލޭ އެހީ

  • ބާކީ 400 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ހަމަޖައްސައިދެނީ އިންޑިއާގެ އެގްޒިމް ބޭންކުގެ ކްރެޑިޓް ލައިނެއްގެ ދަށުން

  • ދިގު މިނުގައި 6.7 ކިލޯމީޓަރު ހުންނަ ކޯޒްވޭއަކުން ހަތަރު ރަށް ގުޅާލާނެ

  • ބްރިޖު އަޅަން ހަވާލުކުރި އެފްކޮންސް އަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެއް

  • އެފްކޮންސްއާ މަޝްރޫއު ހަވާލުކުރީ 26 އޮގަސްޓް 2021ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް