ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އާޓް އަދި ފޮޓޯގްރަފީ މައުރަޒުގެ ކުރެހުމެއް މީހަކު ބަލައިލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އާޓް

ރާއްޖެ-ޗައިނާ ގުޅުން ރަމްޒު ކޮށްދިނުމަށް ކުރެހުމާއި ފޮޓޯގެ މައުރަޒެއް

16 ނޮވެމްބަރު 2022
ތިން ދުވަހަށް ކުރިއަށްގެންދިޔަ މައުރަޒުގައި އެކި އުމުރުފުރައިގެ ދިވެހި އާޓިސްޓުންގެ ހުނަރު ދައްކާލި

ރާއްޖެ އާއި ޗައިނާ އިން ހާރިޖީ ގުޅުން ގާއިމު ކުރިތާ 50 އަހަރު ފުރުން ފާހަގަކުރުމުގެ ހާއްސަ މައުރަޒެއް މި މަހު 12 އިން 14 އަށް ގައުމީ ދާރުލްއާސާރުގައި ވަނީ ބާއްވައިފަ އެވެ.

މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗާ، ނެޝަނަލް ސެންޓާ ފޮ ކަލްޗަރަލް ހެރިޓޭޖު، ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަން އަދި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީ (މެކް) އިން އިންތިޒާމްކުރި މި މައުރަޒުގައި ގިނަ އަދަދެއްގެ ދިވެހި ފަންނުވެރިންގެ މަސައްކަތް ހުށަހަޅައިދިނެވެ. އެކި އުމުރުފުރައިގެ އާޓިސްޓުންގެ ފޮޓޯ އާއި ކުރެހުމުގައި ދެ ގައުމުގެ ގުޅުން ދައްކާލީ ސަގާފީ އަދި އިގްތިސޯދީ ނަޒަރަކުންނެވެ.

ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އާޓް އަދި ފޮޓޯގްރަފީ މައުރަޒުގެ ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގެ ތިން ކުރެހުމެއްގައި ދެ ގައުމުގެ ގުޅުމާއި ސަގާފަތް ރަމްޒުކޮށްދީފައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މި މައުރަޒުގެ ގިނަ ކުރެހުންތަކުގައި ސިނަމާލެ ބުރިޖާއި ރާއްޖެ އާއި ޗައިނާގެ ސަގާފަތް ދައްކައިދޭ މަސައްކަތްތައް ގިނަކަން ފާހަގަ ކުރެވުނެވެ. މާލެ އާއި ހުޅުލެ އާއި ހުޅުމާލެ ގުޅާލި ބްރިޖުގެ ސަބަބުން ގިނަ ކަންތައްތަކެއް ފަސޭހަވިކަން އެއް ކުރެހުމަކުން ކިޔައިދިނެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ސަގާފީ ހެދުމާއި ސަގާފީ ތަކެތި އެކި ސްޓައިލުތަކުގައި ކުރަހާފައިވެ އެވެ.

ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި އާޓް އަދި ފޮޓޯގްރަފީ މައުރަޒުގައި ބައިވެރިކުރި ކުރެހުމެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގެ ކުރެހުމެއްގައި ދެ ގައުމުގެ ސަގާފަތް ދައްކައިދީފައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގައި ބައިވެރިކުރި ކުރެހުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިން (ކ) އަދި ޗައިނާ އާއި ރާއްޖެއާ ދެމެދު އެންމެ ގާތް ގުޅުމެއް ބޭއްވެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގެ ބައެއް ފޮޓޯތައް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ޗައިނާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި މައުރަޒުގައި ބައިވެރިކުރި ފޮޓޯއެއްގައި، ދެ ގައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ ކުޑަ ދެ ކުދިން (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
ޗައިނާ އާއި ރާއްޖޭގެ ގުޅުން ރަމްޒުކޮށްދޭ އާޓްވޯކެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގެ ކުރެހުމެއްގައި ދެ ގައުމުގެ ސަގާފީ ހެދުން އެކުއެކުގައި ދައްކައިދީފައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މި މައުރަޒުގައި ވިއްސަކަށް މަސައްކަތް ހިމެނުނެވެ. އޭގެ ތެރެއިން ވަނަތައް ލިބުނު ފަރާތްތައް ފާހަގަަ ކޮށްފައި ހުއްޓެވެ. މައުރަޒު އާއްމުންނަށް ހުޅުވާލާފައި އޮތީ އެންމެ ތިން ދުވަހުގެ މުއްދަތަކަށެވެ.

ޗައިނާގެ ހިލޭ އެހީ އާއި ލޯނު ފައިސާއާ އެކު ތަރައްގީކޮށްފައިވާ ސިނަމާލެ ބްރިޖު ދައްކައިދޭ މިފަދަ ފޮޓޯތައް މައުރަޒުގައި ބައިވެރިކުރި (ދައުރު ފޮޓޯ/ އަބްދުﷲ ރިޒާ)
ސިނަމާލެ ބްރިޖުގެ އިތުރު ފޮޓޯއެއް މައުރަޒުގައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
މައުރަޒުގެ ކުރެހުމެއްގައި ދެ ގައުމުގެ ސަގާފަތް ދައްކައިދީފައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)
ސިނަމާލެ ބްރިޖު ފެންނަ ގޮތަށް މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އިތުރު އާޓިކަލް

އިތުރު އާޓިކަލް