ބާރްތީ އާއި ފިރިމީހާ ހަރްޝް ލިމްބާޗިއާ

ބާރްތީ ސިންގް

ބާރްތީ ބޭނުންވަނީ އޭނާގެ ދަރިފުޅު އަމިއްލަ އަށް މަސައްކަތް ކުރަން

އޭނާ ބުނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑު މިޒަމާނުގައި ކުދިން އަމިއްލަ އަށް ފައިސާ ހޯދައި އޭގެ އަގު ވަޒަން ކުރަން ދަސްކުރުން މުހިއްމު ކަމަށް

އަލަތު ދަރިފުޅު ފުރާވަރަށް އެރުމުން އަމިއްލަ އަށް މަސައްކަތް ކޮށް ފައިސާ ހޯދާ ތަން ދެކެން ބޭނުންވާ ކަމަށް ބާރްތީ ސިންގް ބުނެފި އެވެ.

އިންޑިއާގެ ކޮމީޑިއަން/ޓީވީ ހޮސްޓު ބާރްތީ އޭނާގެ 3 މަހުގެ ދަރިފުޅު ލަކްޝްއާ ބެހޭގޮތުން އޭނާގެ ޔޫޓިއުބް ޗެނަލްގައި ގިނަ ވާހަކަތަކެއް ހިއްސާ ކުރެ އެވެ.

އަދި ބަތަލާ ނޭހާ ދޫޕިއާ އާއެކު އިންސްޓަގްރާމް ލައިވްއެއްގައި ވާހަކަ ދައްކަމުން ބާރްތީ ބުނީ އެމެރިކާ ފަދަ ގައުމުތަކުގައި އުމުރުން 16 އަހަރުން ފެށިގެން ކުދިން އަމިއްލަ އަށް މަސައްކަތްކޮށްް ފައިސާ ހޯދާ ތަން ފެންނަ ކަމަށާއި އެއީ އޭނާ ވަރަށް ތަރުހީބުދޭ ކަމެއް ކަމަށެވެ.

މެކް ޑޮނަލްޑްސް ފަދަ ފާސްޓް ފުޑް ރެސްޓޯރެންޓުތަކުގައި މަސައްކަތްކޮށް ފައިސާ ހޯދާ ކުދިންނަށް، ޅަ އުމުރުގައި ފައިސާގެ މުހިއްމުކަން ދަސްވާނެ ކަމަށް އޭނާ ބުންޏެވެ. ބާރްތީ ބުނީ އޭނާގެ ދަރިފުޅު ވެސް ޒުވާން އުމުރަށް އެޅުމުން އަމިއްލަ އަށް މަސައްކަތްކޮށް ފައިސާ ހޯދަން ބާރުއަޅާނެ ކަމަށާއި އެ ދުވަސް ދެކެން ބޭނުންވާ ކަމަށެވެ.

އަންހެންކުއްޖަކު ލިބިއްޖެ ނަމަ އެ ކުއްޖާ މަސައްކަތް ކުރާނީ ސެލޫންއެއް ކަހަލަ ތަނެއްގައި ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބާރްތީ ބުންޏެވެ.

އޭނާ ބުނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑު މި ޒަމާނުގައި ހާއްސަކޮށް މުމްބާއީ ފަދަ ސިޓީއެއްގައި ކުދިން އަމިއްލަ އަށް ފައިސާ ހޯދައި އޭގެ އަގު ވަޒަން ކުރަން ދަސްކުރުން މުހިއްމު ކަމަށެވެ.

ކޮމެންޓް

Placeholder

ބާރްތީ ސިންގް

ބާރްތީ ސިންގް