Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ސްޕޭސްއެކްސްގެ ފެލްކަން 9 ރޮކެޓު އިއްޔެ ނައްޓާލަނީ. (ފޮޓޯ/ ސްޕޭސްއެކްސް)

ސްޕޭސްއެކްސް އިން އަނެއްކާ ވެސް ރޮކެޓު ލޯންޗުކުރުމުގެ ރެކޯޑަކާ ގާތަށް

މި އަހަރުގެ މިހާތަނަށް ސްޕޭސްއެކްސް އިން 20 ރޮކެޓު ލޯންޗުކޮށްފައި ވާއިރު، މިދިޔަ އަހަރު އެ ކުންފުނިން ލޯންޗުކޮށްފައި ވަނީ ޖުމުލަ 31 ރޮކެޓު

މި އަހަރު ވެފައި މި ވަނީ އެމެރިކާގެ ޖައްވީ ރޮކެޓު ކުންފުނި، ސްޕޭސްއެކްސްއަށް ވަރަށް ބިޒީ އަހަރަކަށެވެ. މި އަހަރުގެ މިވީ 130 ވަރަކަށް ދުވަހުގެ ތެރޭގައި އެ ކުންފުނިން ވަނީ 20 ރޮކެޓެއް ލޯންޗުކޮށް، ދެ އެސްޓްރޮނޯޓަކު ޖައްވަށް ގެންގޮސް އަނބުރާ ގެނެސްފަ އެވެ. މިއީ ސްޕޭސްއެކްސްއަށް އަދި ޖައްވީ ރޮކެޓު ލޯންޗުކުރުމުގެ ވިޔަފާރީގެ ސިނާއަތަށް ވެސް ހައިރާންކަން ގެނުވާ ފަދަ އަދަދުތަކެކެވެ.

ސްޕޭސްއެކްސް އިން މި އަހަރު "އެނބުރުން ވާ ވަރަށް" ހިންގަމުން އަންނަ ހަރަކާތްތަކުގެ ސަބަބުން ޖައްވީ ސިނާއަތުގައި އެ ކުންފުނީގެ މަގުބޫލުކަން އަންނަނީ ވަރުގަދަވެ، ސިއްކަ ޖެހެމުންނެވެ.

ސްޕޭސްއެކްސް އާއި ޕްރައިވެޓް ޖައްވީ އެހެން ކުންފުނިތަކުން ކުރަމުން އަންނަ ލޯންޗުތަކުގެ ސަބަބުން، 2،000ގެ އަހަރުތަކުގެ މެދު ތެރޭގައި އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ލޯންޗުކޮށްފައިވާ ރޮކެޓު ލޯންޗުތަކުގެ ރެކޯޑާ ގާތަށް ވަނީ ޖެހިލާފަ އެވެ. އޭރު ރޮކެޓުތައް ލޯންޗުކޮށް އުޅުނީ ހަމައެކަނި ސަރުކާރުތަކުންނެވެ.

މިދިޔަ އަހަރު އެކަނި ވެސް ޖައްވަށް ފޮނުވާލާފައިވާ ރޮކެޓުތަކުގެ އަދަދު ވަނީ 145އަށް އަރައި ރެކޯޑެއް ހަދާފަ އެވެ. އޭގެ ކުރިން 129 ލޯންޗާ އެކު މި ރެކޯޑު ހަދާފައި ވަނީ 1984ގައި ކަމަށް، ދިރާސާކުރާ ކުއިލްޓީ އެނެލިޓިކްސް ކުންފުނިން ބުނެ އެވެ.

މި އަހަރުގެ މިހާތަނަށް ސްޕޭސްއެކްސް އިން ކޮށްފައިވާ ލޯންޗުތަކާ އެއްވަރަށް އަހަރުގެ ބާކީ އޮތް ބައިގައި ލޯންޗުތައް ކުރާ ނަމަ އެ ކުންފުނިން މި އަހަރުގެ ތެރޭގައި ފޮނުވާލާ ރޮކެޓުތަކުގެ އަދަދު 50 އިން މައްޗަށް އަރާނެ ކަމަށް ބެލެވެ އެވެ. މިއީ މިދިޔަ އަހަރު އެ ކުންފުނިން ކުރި 31 ރޮކެޓާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

"އެންމެ 10 އަހަރު ކުރިން ވެސް [ރޮކެޓު] ލޯންޗުކުރުމަކީ ވަރަށް މަދުން ވާ ކަމެއް،" ކުއިލްޓީ އެނެލިޓިކްސްގެ ފައުންޑަރު ކްރިސް ކުއިލްޓީ ސީއެންއެންއަށް ވިދާޅުވި އެވެ.

މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން، 2001ގައި މުޅި ޖުމުލަ ލޯންޗުކޮށްފައި ވަނީ 51 ރޮކެޓުކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ސްޕޭސްއެކްސް އިން މި އަހަރުގެ މިހާތަނަށް ކޮށްފައިވާ ގިނަ ލޯންޗުތަކަކީ އެ ކުންފުނީގެ ސްޓާލިންކް އިންޓަނެޓު ހިދުމަތަށް ބޭނުންވާ ސެޓެލައިޓުތައް އޯބިޓަށް ފޮނުވުމަށް ފޮނުވާލި ރޮކެޓުތަކެވެ. މިހާތަނަށް މި ހިދުމަތުގައި 2،200 ސެޓެލައިޓު ލޯންޗުކޮށް ބޭނުންކުރަމުން އަންނައިރު،މި ހިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މިދިޔަ މާޗު މަހުގެ ނިޔަލަށް 250،000އަށް އަރާފައިވާ ސްޕޭސްއެކްސްގެ އޮފިޝަލަކު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.

ޖައްވީ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު، ސްޕޭސްއެކްސް މާ ކުރީގައި އުޅޭހެން ހީވި ނަމަވެސް، ސްޕޭސްއެކްސްއާ ވާދަކުރަމުން އަންނަ އަދި ވާދަކުރާނެ ކުންފުނިތަކެއް އަރަމުން އެބަ އާދެ އެވެ. އޭގެ ތެރޭގައި އެމެޒޯންގެ ވެރިޔާ ޖެފް ބީޒޯސްގެ ރޮކެޓް ކުންފުނި، ބްލޫ އޮރިޖިންގެ އިތުރުން، ބޯއިން އާއި ލޮކްހީޑް މާޓިން ގުޅިގެން އުފައްދާފައިވާ ވަލްކަން ސެންޓޯ ކުންފުނި ހިމެނެ އެވެ. 

ސްޕޭސްއެކްސްގެ ފެލްކަން ރޮކެޓާ ވާދަކުރުމަށް ބެޒޯސްގެ ބްލޫ އޮރިޖިން އިން ހަދަމުން އަންނަ 'ނިއު ގްލެން' ރޮކެޓާއި ވަލްކަން ސެންޓޯއިން ހަދަމުން އަންނަ ރޮކެޓެއް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ތައްޔާރުކޮށް ނިމޭނެ ކަމަށް ބެލެވެ އެވެ.

މިފަދަ ބިޔަ ރޮކެޓުތަކުން ޖައްވަށް ފޮނުވާ ސެޓެލައިޓުތައް ކުރިއަށް އޮތް ތަނުގައި ވަރަށް ބޮޑުތަން އިތުރުވާނެތީ، ކަމާ ބެހޭ ފަރާތްތަކުގެ މެދުގައި ޖައްވު ތަގައްޔަރުވުމާ ގުޅޭ ގޮތުން ބަހުސެއް މިހާރު ވަނީ ފެށިފަ އެވެ. މިފަދަ ސެޓެލައިޓުތައް އެކަތި އަނެކައްޗާ ޖެހި ކުރިމަތިވެދާނެ ނުރައްކާތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް އިލްމުވެރިން މަސައްކަތް ކުރައްވާތާ ވެސް އަހަރުތަކެއް ވަނީ ވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް