Majlis 2024

ރ. ދުވާފަރު: އެ ރަށުގެ ބަނދަރަށް އާ ބަދަލުތަކެއް އަންނާނެ

ބަނދަރު ހެދުން

އިތުރު ދެ ރަށެއްގެ ބަނދަރު އަޕްގްރޭޑު ކުރަން އެމްޓީސީސީއަށް

ދުވާފަރުގެ ބަނދަރު ނިންމަން ދިނީ 150 ދުވަސް، ދަރަވަންދޫ ބަނދަރު ނިންމަން ޖެހެނީ އެއް އަހަރު ތެރޭގައި
25 ޖެނުއަރީ 2023

ފުލުފުލުގައި ގިނަ މަޝްރޫއުތައް ހަވާލުކުރަމުން އަންނަ މި ދުވަސްވަރު، ބ. ދަރަވަންދު އާއި ރ. ދުވާފަރުގެ ބަނދަރު ތަރައްގީކުރަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:

  • އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

  • ޕްލޭނިން މިނިސްޓްރީގެ މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު

ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)
ދަރަވަންދޫ ބަނދަރު އަޕްގްރޭޑްކުރުގެ އެއްބަސްވުމުގައި އެމްޓީސީސީ އާއި ޕްލޭނިން މިނިސްޓްރީން ސޮއިކޮށް ލިއުން ދައްކާލަނީ (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ދުވާފަރު ބަނދަރު މަޝްރޫއު:

  • އަގު - 11.4 މިލިއަން ރުފިޔާ

  • ނިންމަން ދިން މުއްދަތު - 180 ދުވަސް

ދަރަވަންދޫ ބަނދަރު މަޝްރޫއު:

  • އަގު - 59.9 މިލިއަން ރުފިޔާ

  • ނިންމަން ދިން މުއްދަތު - 365 ދުވަސް

ފަސްމަންޒަރު - އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ތައްޔާރުވެފައި ވާއިރު، ފަހަކަށް އައިސް ރަށްރަށުގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި އެ ނޫނަސް ގިނަ މަޝްރޫއުތަކެއް އެވޯޑުކުރާ މިންވަރު ވަނީ އިތުރުވެފަ އެވެ.

އިންތިހާބުތަކާ ދިމާކޮށް މިގޮތަށް ފުލުފުލުގައި މަޝްރޫއުތައް އެވޯޑުކުރުމަކީ ރާއްޖޭގެ ހުރިހާ ސަރުކާރަކުން ކުރަމުން އަންނަ އެކަމަކު ޑިމޮކްރަސީގެ ހަމަތަކަށް ވަކާލާތުކުރާ ފަރާތްތަކުން ކަންބޮޑުވާ މައްސަލައެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް