ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ މަތިން ނަގާފައިވާ ފޮޓޯއެއް. (ދައުރު ފޮޓޯ)

ހުޅުމާލެ

ހުޅުމާލޭ އަމިއްލަ ގެތަކުގެ ފުރަތަމަ ބުރީގައި ވިޔަފާރިކުރަން ހުއްދަ ދީފި

އެކަމަކު ގުދަން ކުރުމަށާއި ގަރާޖު ފަދަ އިންޑަސްޓްރިއަލް އެއްވެސް މަސައްކަތެއް ހުޅުމާލޭގެ އިމާރާތްތަކުގައި ކުރުމުގެ ހުއްދައެއް ނުލިބޭނެ

ހުޅުމާލޭގައި ވިޔާފާރިތައް ކުރިއެރުވުމުގެ ގޮތުން އަމިއްލަ މީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރުމުގެ ހުއްދަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އިން ދީފި އެވެ.

އެނގުން މުހިންމު - މީގެ ކުރިން ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުގެ އިމާރާތްތަކުގައި ވިޔަފާރިކުރުމުގެ ހުއްދަ ދީފައި އޮންނަނީ ހަމައެކަނި އެންމެ ތިރީ ބުރިއަށެވެ. ނަމަވެސް، ކުންފުނިތަކުން އިމާރާތްކޮށްފައިވާ ފްލެޓު އިމާރާތްތަކުގައި އެންމެ ތިރީ ބުރި އާއި އެއް ވަނަ ފަންގިފިލާގައި ކޮމާޝަލް ޖާގަ ކަނޑައަޅައި ވިޔަފާރި ކުރަން ހުއްދަ ދެ އެވެ.

ތަފްސީލު - އެޗުޑީސީން ބުނީ އަމިއްލަ މީހުންގެ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާގައި ވިޔަފާރިކުރަން ހުއްދަ ދޭނީ:

ފިހާރަ

ރެސްޓޯރެންޓް

އެހެނިހެން ހިދުމަތް ދޭ ވިޔަފާރިތަކަށް

ނަމަވެސް، އެ ކުންފުނިން ބުނީ ހުޅުމާލޭގެ އިމާރާތްތަކުގެ ތިރީ ބަޔާއި ފުރަތަމަ ފަންގިފިލާ، އިންޑަސްޓްރިއަލް އެއްވެސް ބޭނުމަކަށް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. އެގޮތުން، ގަރާޖު އަދި ގުދަންކުރުމަށް ފުރަތަމަ އަދި ދެވަނަ ފަންގިފިލާ ބޭނުންނުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ބުނީ ކީކޭ؟ - އެޗުޑީސީން ބުނި ގޮތުގައި، ހުޅުމާލޭ އިމާރާތްތަކުގެ ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ދޫކުރަން ހުއްދަ ދިނީ، އިކޮނޮމިކް މިނިސްޓްރީގެ އެދުމުގެ މަތިންނެވެ. އަދި މި ނިންމުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ލިބި، ވިޔަފާރިތަކަށް ކުރިއެރުން އަންނާނެ ކަމަށް އެ ކުންފުުނިން ބުނެ އެވެ.

"ފުރަތަމަ ފަންގިފިލާގައި ވިޔަފާކުރުމަށް ހުއްދަ ދިނުމުން ހުޅުމާލޭގައި ތަފާތު ގިނަ ވިޔަފާރި އިތުރުވެ، ރައްޔިތުންނަށް ބޭނުންވާ ގިނަގުނަ ހިދުމަތްތަކެއް ލިބިގެންދާނެކަން ފާހަގަކޮށްލަން،" އެޗުޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

"މިކަމުގެ ސަބަބުން އާންމުންނަށް ލުއިފަސޭހަވުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރައި ދިއުމަށް ވެސް މަގުފަހިވެގެންދާނެ."

ކޮމެންޓް

Placeholder

ހުޅުމާލެ

ހުޅުމާލެ