ބިއުޓީ

ބްލެކް އަޕް ބޭނުންކޮށްގެން ނެޗުރަލް މޭކަޕެއް ކޮށްލާނެ ގޮތް

މި ވިޑިއޯގައި މޭކަޕް އާޓިސްޓް ޗޫޓީ ގެެނެސްދެނީ އެކި މުނާސަބަތުތަކާ ގުޅޭނެ ފަސޭހަ ލުކްއެއް
27 މާރިޗު 2022

ނެޗުރަލްކޮށް މޭކަޕް ކޮށްލުމަކީ ވަރަށް ގިނައިން ސޯޝަލް މީޑިއާ އިން ފެންނަ އަދި އެހާމެ ޑިމާންޑު ބޮޑު ކަމެކެވެ. މިއީ އެމީހެއްގެ ސިފަ މާ ބޮޑަށް ތަފާތު ނުވާ ގޮތަށް ކޮށްލެވޭ މޭކަޕެކެވެ. މާ ގިނަ ފަށަލަތަކަކަށް މޭކަޕް އުނގުޅާކަށް ނުޖެހެ އެވެ. އަދި މިއީ ގިނަ މުނާސަބަތުތަކާ ގުޅޭ ސްޓައިލެއްގެ މޭކަޕެކެވެ.

ނެޗުރަލް މޭކަޕެއް ކޮށްލާނެ ގޮތް މަޝްހޫރު މޭކަޕް އާޓިސްޓު އާމިނަތު ހިޝާން، ނުވަތަ އެންމެން ދަންނަ ނަމުން ނަމަ 'ޗޫޓީ'، 'ދައުރު' އާއެކު މި ވިޑިއޯގައި ދައްކާލަ އެވެ. މި ލުކް ތައްޔާރު ކޮށްލަން ބޭނުން ކޮށްފައިވަނީ ލެ ޕާފިއުމް ފިހާރައިން ވިއްކަމުން އަންނަ، ފްރާންސުގެ ފެންވަރު ރަނގަޅު ބްރޭންޑެއް ކަމަށްވާ 'ބްލެކް އަޕް'ގެ މޭކަޕެވެ.

މި ވިޑިއޯގައި މޭކަޕް މޮޑެލް ޝިއުގެ މޫނުގެ ހަމުގެ ކުލައާ ގުޅޭ ގޮތަށް ވަރަށް ނެޗުރަލް އަދި ރީތި ގޮތަކަށް ޗޫޓީ މޭކަޕް ކޮށްލާ ތަން ދައްކާލަ އެވެ. މިއީ ކޮންމެ މީހަކަށް ވެސް ކޮށްލެވޭނެ ފަސޭހަ މޭކަޕެއްކަން ޗޫޓީ ދައްކައިދެ އެވެ. 

މި ލުކްއަށް ބްލެކް އަޕްގެ އެކި ޕްރޮޑަކްޓުތައް ބޭނުން ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި އައިލައިނާ، ބްލަޝް، ސެޓިން ޕައުޑާ އަދި ބްލެކް އަޕްގެ މަގުބޫލު ލިޕް ގްލޮސް ހިމެނެ އެވެ. މި ހުރިހާ ޕްރޮޑަކްޓެއް ވެސް ލެ ޕާފިއުމް ފިހާރައިން އެކްސްކްލޫސިވްކޮށް ލިބެން ހުންނާނެ އެވެ.

ބްލެކް އަޕް ބްރޭންޑަކީ ކަޅު ނަސްލުގެ މީހުންނާއި އެ ނޫން ވެސް، ހަމުގެ ކުލަ އަނދިރި މީހުންނަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައިވާ ފްރާންސްގެ ފުރަތަމަ އަޕްސްކޭލް މޭކަޕް ބްރޭންޑެވެ. މި ބްރޭންޑުގެ މޭކަޕް ޖަނަވާރުގައި ޓެސްޓެއް ނުކުރެ އެވެ. އަދި މިއީ %100 ވީގަން ބްރޭންޑެކެވެ. މި ބްރޭންޑުގެ ގިނަ ފޯމިއުލާތައް އުފައްދާފައިވަނީ ޔޫރަޕުގަ އެވެ.

ބްލެކް އަޕްއަކީ ދިވެހިންގެ ހަމުގެ ކުލައާ ގުޅޭ ކުލަތަކެއް ހިމެނޭ ބްރޭންޑެކެވެ. އަދި ހާއްސަކޮށް މި ބްރޭންޑުގެ ފައުންޑޭޝަންތަކުގެ ފޯމިއުލާ ގިނަ މޭކަޕް އާޓިސްޓުންނަށް ކަމުދާ ކަމަށް ބުނެފައިވެ އެވެ.

ނެޗުރަލްކޮށް ވިޔަސް ނުވަތަ ތަފާތު ސްޓައިލަކަށް ނަމަ، ފަހުގެ ޓްރެންޑު 'ޔޫފޯރިއާ މޭކަޕް' ވެސް ބްލެކް އަޕްގެ ޕްރޮޑަކްޓު ބޭނުން ކޮށްގެން ކޮށްލެވޭނެ އެވެ. 

ޗޫޓީ ދައްކައިދޭ ފުރިހަމަ ލުކް ގެންނަން ބޭނުން ނަމަ، ފުރަތަމަ ވިޑިއޯ ބަލައިލާށެވެ. ވިޑިއޯގައި ބޭނުން ކުރާ ހުރިހާ މޭކަޕް ޕްރޮޑަކްޓެއް ވެސް ލެ ޕާފިއުމް އިން ލިބެން ހުންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް