Majlis 2024

ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހު، ފުލަމްއާ ދެކޮޅަށް ކުރިން ކުޅުނު މެޗެއްގައ: މިއަދު އެއްވަރުކޮށްދިނީ އޭނާ ޖެހި ލަނޑުން

ޕްރެމިއަ ލީގު

ލިވަޕޫލްގެ ފެށުން ފުއްދާލަން ޖެހުނީ ޕޮއިންޓަކުން

އަލުން ޕްރެމިއަ ލީގަށް ޕްރޮމޯޓްވި ފުލަމް މޮޅުވެގެން ފައިބާނެ ފުރުސަތެއް ލިވަޕޫލަކުން ނުދިން
6 އޯގަސްޓު 2022

މި އަހަރު އަލުން ޕްރެމިއަ ލީގުން ޖާގަ ހޯދި ފުލަމް އަތުން ބަލިވާން ދަނިކޮށް 80 ވަނަ މިނިޓްގައި މުހައްމަދު ސަލާހު ކާމިޔާބުކޮށްދިން ލަނޑުން 2-2 އިން އެއްވަރުވެ، ސީޒަންގެ ފެށުން ލިވަޕޫލުން އެންމެ ޕޮއިންޓަކުން މިއަދު ފުއްދާލަން ޖެހިއްޖެ އެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލް ކޮޅަށް ދެ ހާފުގައި ވެސް ލަނޑު ޖެހީ އެލެގްޒެންޑާ މިޓްރޮވިޗު އެވެ. ފުރަތަމަ ލަނޑު 32 ވަނަ މިނިޓްގަ އެވެ. އޭގެ ފަހުން ދެ ވަނަ ހާފުގައި ލިވަޕޫލަށް ޑާވިން ނުވޭޒް ލަނޑު ޖަހައި، އެއްވަރުކޮށްދީފައި ވަނިކޮށް 2-1 އަށް ފުލަމްގެ ލީޑް މިޓްރޮވިޗް ފުޅާކޮށްދިނީ 72 ވަނަ މިނިޓްގައި ލިބުނު ޕެނެލްޓީއަކުންނެވެ.

އެކަމަކު ޕްރެމިއަ ލީގަށް އެނބުރި އައުން ލިވަޕޫލް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ތިން ޕޮއިންޓް ހޯދައިގެން ނިންމާލެވޭ ގޮތެއް ފުލަމްއަކަށް ނުވި އެވެ.

މިއަދުގެ މެޗުގައި ލިވަޕޫލުން ފެނުނީ ސީޒަން ހުޅުވުމުގެ ގޮތުން މެންޗެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ދެއްކި ކަހަލަ ވަރުގަދަ ކުޅުމެއް ނޫނެވެ. ނަމަވެސް ބަލިނުވެ ސަލާމަތްވުމަކީ، އެންމެ ފަހު ޕްރެމިއަ ލީގުގެ ދެ ވަނަ ޓީމަށް ހަމަޖެހުމުގެ ނޭވާއެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް