ތިލަފުށި.

ތިލަފުށި

ތިލަފުށީ ފަޅު ހުސްކުރަން އެޗްޑީސީއަށް ކޯޓުގެ ހުއްދު ބޭނުންނުވާ ކަމަށް ނިންމައިފި

އެޗްޑީސީން ކޯޓަށް މައްސަލަ ހުށަހެޅީ ތަކުރާރުކޮށް ކުރި އިއުލާނުތަކާ ގުޅިގެން ވެސް، އުޅަނދުތައް ނަގާފައި ނުވާތީ
7 ޑިސެމްބަރު 2022
3

ތިލަފުށި ފަޅުގައި އަޅާފައި ހުރި އުޅަނދުތައް ނަގަން އެޗްޑީސީން ކޮށްފައިވާ އިއުލާނުތަކާ އެއްގޮތަށް ނަގާފައި ނުވާ އުޅަނދުތައް ނައްތާލަން އެ ކޯޕަރޭޝަނުން ކޯޓުގެ ހުއްދަ ނަގަން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ތިލަފުށި ފަޅު ހުސްކުރުމުގެ މަސައްކަތް ކުރިން އެ ތަނާ ހަވާލުވެގެން ތިބި ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ފެށީ 2019ގެ ޖޫން މަހު އެވެ. އެޗްޑީސީއާ މި މަސައްކަތް ހަވާލުވީ 2020ގައި ދެ ކުންފުނި އެއްކޮށްލުމާ ގުޅިގެންނެވެ.

ނުނަގާ ހުރި އުޅަނދުތަކުގެ މައްސަލަ އެޗްޑީސީން ކޯޓަށް ވެއްދީ، ފަސް ފަހަރު މަތިން އުޅަނދުތައް ނަގަން ކުރި އިއުލާނާ އެއްގޮތަށް ނަގާފައި ނުވާ އުޅަނދުތައް ނައްތާލުމުގެ ހައްގު ލިބިގެންވާ ކަމަށް ކަނޑައަޅައިދޭން އެދި އެވެ.

ތަފްސީލް - މި މައްސަލަ ކޯޓަށް ހުށަހަޅަމުން އެޗްޑީސީން ފާހަގަކުރި ކަންކަމަކީ:

  • ތިލަފުށި ފަޅަށް ދޫކޮށްލާފައި ހުރި އުޅަނދުތަކުގެ ސަބަބުން އެ ފަޅުން މަންފާ ލިބިގަތުމަށް ހުރަސްއެޅޭ

  • އުޅަނދުތަކުގެ ވެރިފަރާތުން އެ އެއްޗެހި ބަހައްޓާފަިއ ހުރީ އެޗްޑީސީގެ އެންގުމާ ހިލާފަށް

  • މި އުޅަނދުތަކުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓާއި މީހުންނާއި އަދި މުދަލަށް ވެސް ގެއްލުން ލިބިދާނެ

ތިލަފުށީގައި ހުންނަ ކެމިކަލް ގުދަން ސަރަހައްދަށް ދޯންޏަކުން މުދާ ބާލަނީ (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

އުޅަނދުތައް ނައްތާލުމުގެ ހުއްދައަކަށް އެޗްޑީސީން އެދުނު ނަމަވެސް، ކޯޓުން ހުކުމް ކުރީ އެޗްޑީސީއަށް އެ ހައްގު އޮތުމާ މެދު ޝަރީއަތުން ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ. އެ ހުކުމަށް ވާސިލުވީ ސަބަބުތަކުގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ލިޔުއްވި ގޮތުގައި:

  • ގަވާއިދުތައް ހަދާ އިއުލާނުކޮށްގެން އުޅަނދުުތައް ނައްތާލުމުގެ މަސައްކަތް ކުރަން ގާނޫނީ ހުރަހެއް ނެތް

  • މިއީ މައްސަލައެއް ނޫނީ ދެބަސްވުމެއް އުފެދިގެން ހުށަހަޅާފައިވާ މައްސަލައެއްކަން އެނގޭކަށް ނެތް

  • ފަޅު ހުސްކުރަން ކޯޓުގެ ނިންމުމެއް ބޭނުންވާ ސަބަބެއް އެޗްޑީސީއަށް ކިޔައި ނުދެވޭ

އެނގުން މުހިންމު - ތިލަފުށީ ފަޅުގައި ހުރި އުޅަނދުތައް ނައްތާލަން އެޗްޑީސީން މަސައްކަތް ކުރަމުން ދަނީ ތިލަފުށި ތަރައްގީކުރުމުގެ މަސައްކަތްތަކާ ގުޅިގެންނެވެ. އެ ޕްރޮޖެކްޓުތަކުގެ ތެރޭގައި:

  • ކުނިން ހަކަތަ އުފައްދަން ހިންގާ ގްރޭޓާ މާލޭ ވޭސްޓް ޓު އެނާޖީ ޕްރޮޖެކްޓް

  • ވިޔަފާރި އާއި ސިނާއީ ބޭނުންތަކަށް 127 ހެކްޓަރުގެ ބިން ހިއްކުން

ތިލަފުށީ ތަރައްގީގެ ޕްލޭނަކީ ގްރޭޓާ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއެކީ ކުރިއަށްދާ މަސައްކަތެކެވެ. ސަރުކާރުން ބުނަނީ ތިލަމާލެ ބްރިޖުގެ މަސައްކަތާ އެކީ، މި ޕްލޭން ވެސް ކުރިޔަށް ދާނެ ކަމަށެވެ.

ކޮމެންޓް (3)

ޖާބެ

7 ޑިސެމްބަރު 2022
ރާއްޖޭގެ އިގްތިސާދު ބިނާވެގެންވްނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކައް މި އުޅަދުތައް ވައްދާނެ ފަޅެއް އަދި އަޅާނެ ފައްތިޔަލެއް ނުދައްކާ އަހަރުތަކަކައް މިސަރަހައްދައް އާމްދަނީ ހޯދުމައް ބަރޯސާވާގޮތައް ސިޔާސަތުތައް ބައްޓަންކޮށް ރައްޔިތުންނައް ނަޖުބޫރުކޮށް ވިޔަފާރިތައް ހަލާކުކޮށް ހުރިހާ ވިޔަފާރިޔެއް ދައުލަތުންކޮށް ދިވެހިން އިނދަޖެއްސޖމުގެ ސިޔާސަތު ދިވެހިން ގިއްގަޅުވާލާ ސިޔާސަތު
0 0

މީނާ

7 ޑިސެމްބަރު 2022
އަމިއްލަ އަމިއްލައަށް ކަންކަން ނިންމާލާ
0 0

ތިލަފުށީ ފާތުމަ

7 ޑިސެމްބަރު 2022
ރަނގަޅު ނިންމުމެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް