Majlis 2024

އޭޑީކޭގެ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ރީހެބިލިޓޭޝަން ފަރުވާގައި ބޭނުންކުރާ 'ކީއޯގޯ ޑާމޯސްކެލެޓަން' ރޮބޮޓިކް ޑިވައިސް ތައާރަފުކޮށް، ދައްކާލުން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އޭޑީކޭއިން ސިއްހީ ފަރުވާގައި ރޮބޮޓިކްސް ބޭނުންކުރަން ފަށައިފި

ރީހެބިލިޓޭޓިވް ފަރުވާއަށް ސަޕޯޓު ދީ، އިތުރު ފުރިހަމަކަމެއް ގެނެސްދޭ މި އާލާތް ބޭނުންކޮށްގެން ހިނގުމުގައި ދިމާވާ މައްސަލަތަކާއި ކުޅިވަރުން ލިބޭ އެކި އަނިޔާތަކުން ފަސޭހަކޮށްދޭ
21 ސެޕްޓެމްބަރު 2022
1

އޭޑީކޭއިން ރާއްޖެއަށް މުޅިން އަލަށް ރޮބޮޓިކް ރީހެބިލިޓޭޝަން ޓެކްނޮލޮޖީ ތައާރަފުކޮށް، ސިއްހީ ފަރުވާގައި ރޮބޮޓިކްސްގެ އެހީ ބޭނުންކުރަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އޭޑީކޭއިން ރާއްޖެއަށް މިއަދު ތައާރަފުކުރީ ރޮބޮޓިކް އެސިސްޓަޑް ތެރަޕީގައި ފުންނާބު އުސް، މެލޭޝިއާގެ ކިއޮގޯ ރޮބޮޓިކް ޓްރެއިނިން ސެންޓަރުގެ އުފެއްދުމެއް ކަމަށްވާ 'ކީއޯގޯ ޑާމޯސްކެލެޓަން' ޑިވައިސް އެވެ. 

އެ ޑިވައިސް ތައާރަފުކުރީ މިހާރު ކުރިއަށްދާ 'މޯލްޑިވްސް ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް'ގެ ތެރެއިންނެވެ.

އޭޑީކޭގެ ނިއުރޯސާޖަރީ ޓީމުން އިސްނަގައިގެން ބޭރުގެ ކަމާ ބެހޭ ތަޖުރިބާކާރުންގެ ބައިވެރިވުމާ އެކު، މިކަމުގެ ދިރާސާތަކާއި ތަޖުރިބާ އަދި އެންމެ ފަހުގެ ފަރުވާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ބާއްވާ ކޮންފަރެންސެކެވެ.

ބުނީ ކީކޭ؟ - ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރެއިން ކުރިއަށްދާ ސައިންޓިފިކް ސެޝަންގައި އޭޑީކޭގެ މެނެޖިން ޑިރެކްޓަރު އަހްމަދު އައްފާލް ވިދާޅުވީ، ސިއްހީ ފަރުވާއަށް ރޮބޮޓިކްސް ތައާރަފުކުރުމަކީ އެންމެ ފަހުން ބޭއްވި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ވީ ވައުދެއް ކަމަށެވެ.

"މިއަދު މިތަނުން ފެންނާނެ، ހީލް ކުރުމުގައި ރޮބޮޓެއް އެހީތެރިވާ ތަން،" އޭނާ ވިދާޅުވި އެވެ.

"މި ކޮންފަރެންސްއަށް ފަހު ރޮބޮޓިކް ހީލިންގެ ހިދުމަތް ރާއްޖޭގައި އާންމުކޮށް ހުޅުވާލާނަން."

'ބްރެއިން އެންޑް ސްޕައިން' ކޮންފަރެންސްގައި އައްފާލް ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކީއޯގޯ

  • ކްލިނިކަލް ރީހެބިލިޓޭޝަނަށް މުޅި ދުނިޔޭގައި ވެސް އާންމުކޮށް ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ މިފަދަ ފުރަތަމަ ޑިވައިސް

  • މިއީ ރީހެބިލިޓޭޓިވް ޓްރީޓްމަންޓުގައި ޕޭޝަންޓުގެ މޮބިލިޓީ އަނބުރާ ހޯދަން ބޭނުންކުރާ 'ޑާމޯސްކެލެޓަން'އެއް

  • ލުއި ޑިވައިސްއެއް؛ ބަރުދަނަކީ 7 ކިލޯ

  • މި ޑިވައިސް ހުންނަނީ އުނަގަނޑުން ފެށިގެން ފައިގެ ކުޑަހުޅާ ހަމައަށް، ފައިގެ ވަށައިގެން އަޅުވާ ގޮތަށް

  • ރީހެބިލިޓޭޓިވް ފަރުވާއަށް ސަޕޯޓު ދީ، އިތުރު ފުރިހަމަކަމެއް ގެނެސްދޭ ޑިވައިސްއެއް

ރީހެބިލިޓޭޝަން ފަރުވާގައި ބޭނުންކުރާ 'ކީއޯގޯ ޑާމޯސްކެލެޓަން' ރޮބޮޓިކް ޑިވައިސް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކީއޯގޯ ބޭނުންކުރެވޭ ބައެއް ހާލަތްތައް:

  • ސްޓްރޯކް

  • ޕާކިންސަންސް ޑިޒީސް

  • އިންކޮމްޕްލީޓް ސްޕައިނަލް ކޯޑް އިންޖަރީ

  • މަލްޓިޕަލް ސްކްލަރޮސިސް

  • ނީ/ހިޕް އޮސްޓިއޯއާތުރައިޓިސް (ކުޅިވަރުން ލިބޭ އަނިޔާތައް، ކަށި، ހުޅު އަދި މަސްތަކަށް ލިބޭ އެކި އަނިޔާތައް، އެމްޕިއުޓީސް

ކީއޯގޯ ޓްރެއިނިންގެ ބައެއް ފައިދާތައް:

  • ހިނގުމުގައި ދިމާވާ މައްސަލަތައް ނުވަތަ ދަތިތައް ރަނގަޅުކޮށްދީ، ހިނގުމުގެ ކެޕެސިޓީ އިތުރުކޮށްދޭ

  • ބައޯމެކޭނިކްސް އާއި ކަކުލުގެ ސްޓެބިލިޓީ ރަނގަޅުކޮށްދޭ

  • ޕޭޝަންޓަށް ޖިސްމާނީ، ނަފުސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން އިހުސާސްކޮށްދޭ

ކޮމެންޓް (1)

އަލްއަމީރު

21 ސެޕްޓެމްބަރު 2022
މަރުހަބާ އޭޑީކޭ - ޝުކުރިއްޔާ އައްފާލް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް