Majlis 2024

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބިލެއް ތަސްދީގު ކުރައްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ވިޔަފާރި ކޮންޓްރޯލް ކުރާ ބިލު ތަސްދީގުކޮށްފި

މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޯބަރު 20ގައި

ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ ބިލު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ނެތިދިއުމުގެ ބިރު ހީވެފައިވާ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރި ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުގެ 30ގަ އެވެ. 

ތަފްސީލް - މި ގާނޫނު އެކުލަވާލުމުގެ މަގްސަދުތަކަކީ:

  • ރާއްޖެއިން 2013 ވަނަ އަހަރު ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ކަމަށްވާ ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ' ގައުމީ ފެންވަރުގައި ތަންފީޒުކުރުން

  • ދެމެހެއްޓެނެވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގުވާމީ ވިޔަފާރީގެ ސަބަބުން، ނެތިދިއުމުގެ ބިރު ހީވެފައިވާ އަދި ނެތިދިއުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓް ކުރެވޭ ނުވަތަ ނާޖާއިޒް ގޮތުގައި ބޭނުންކުރެވޭ ގަހާއި ޖަނާވާރާއި އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އެ ތަކެތީގެ ވިޔަފާރިކުރުމާއި އެ ތަކެތި އެއް ތަނުން އަނެއް ތަނެއް ގެންދިއުމާ ބެހޭ އުސޫލުތައް ކަނޑައެޅުން

މަޖިލީހުގެ އެންވަޔަރަމެންޓް ކޮމިޓީން ދިރާސާކުރި މި ބިލު މައިގަނޑު ގޮތެއްގައި ބަހާލާފައިވަނީ ތިން ބަޔަކަށެވެ. އެއީ:

  • 1-

    ގާނޫނު ތަންފީޒުކުރުމާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުގެ ދާއިރާތައް ކަނޑައެޅުން

  • 2-

    ދިރޭތަކެތީގެ ވިޔަފާރީގެ ޝަރުތުތަކާއި އެފަދަ ވިޔަފާރި ރަޖިސްޓްރީކުރުމާއި ވިޔަފާރީގެ ހުއްދައާ ގުޅޭ އުސޫލުތައް ކަނޑައެޅުން

  • 3-

    ގާނޫނާއި ހިލާފުވާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތައް ކަނޑައެޅުން

އެނގުން މުހިންމު - މި ގާނޫނަށް އަމަލުކުރަން ފަށާނީ އަންނަ އޮކްޓޯބަރު 20ގަ އެވެ. އެ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައި، ކަމާ ގުޅުންހުރި ގަވައިދުތައް ހަދައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަން ޖެހޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް