ސްރީ ލަންކާގެ ރައްޔިތެއް ކަމަށްވާ އުމުރުން 68 އަހަރުގެ ފިލިޕް ރާއްޖޭގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެއްޖެ އެވެ. އޭނާ މިއަދު ކާނިވާ ސަރަހައްދަށް ގޮސް ހުރީ ލަންކާގެ ރައްޔިތުންގެ ހައްގުގަ އެވެ. ކިތަންމެ ދުރުގައި ތިބި ނަމަވެސް އޭނާގެ ދަރިންނާއި ކާފަ ދަރިންގެ ހައްގުގަ އެވެ. އެ ގައުމުގެ 21 މިލިއަން ރައްޔިތުންގެ ހައްގުގަ އެވެ. ދިވެހި ސަރުކާރުން ލަންކާގެ ރައީސް ގޯތާބާޔަ ރާޖަޕަކްސައަށް ހިމާޔަތް ދިނުމުން ނުރުހުންވެފައި ހުރި އެ އެތައް މިލިއަން މީހުންގެ ތެރެއިން އެކަކީ ވެސް އޭނާ އެވެ.
އިތުރަށް ކިޔާލަން - ރާއްޖެ ދެކެ ލޯބިވޭ؛ އެދުނީ 'ވަގުން' ހިމާޔަތްނުކުރަން
ކޮމެންޓް