Majlis 2024

ގައުމީ ޔުނިވަސިޓީން އިންތިޒާމުކޮށްގެން، ގައުމު ބިނާކުރުމަށް ބޭނުންވާ އިލްމީ ދިރާސާތައް ހުށަހަޅައި އެ ކަންކަމާ ގުޅޭ މަޝްވަރާތައް ބާއްވާ އެންމެ ބޮޑު ކޮންފަރެންސް، 'ތެވެލި' ފެށުމަށް 22 އޮގަސްޓް 2022 ވަނަ ދުވަހު ބޭއްވި ހަފްލާ. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ ތެވެލި ކޮންފަރެންސް އޮގަސްޓުގައި

މިއީ އެ ކޮންފަރެންސް ބާއްވާ 5 ވަނަ އަހަރު

ގައުމީ ޔުނިވާސިޓީ އިން އިންތިޒާމުކޮށްގެން ބާއްވާ 'ތެވެލި' ކޮންފަރެންސް އޮގަސްޓު މަހުގެ21 އަދި22 ގައި ބާއްވަން ނިންމައިފި އެވެ.

އެނގުން މުހިންމު - ތެވެލި ކޮންފަރެންސްއަކީ:

  • އިލްމީ ދިރާސާތަށް ހުށަހެޅުމަށް ބާއްވާ ކޮންފަރެންސެއް

  • މިއީ ކޮންފަރެންސް ބާއްވާ 5 ވަނަ އަހަރު

  • މިއަހަރުގެ ކޮންފަރެންސް ހާއްސަކޮށްފައިވަނީ ދިރާސާތަކުގެނަތީޖާގެ އަލީގައި ސިޔާސަތުތައް ބިނާ ކުރުމަށް

  • ތަފާތު އެކި ޑިސިޕްލިންތަކުން އިލްމީ ދިރާސާތައް ހުށަހެޅުމަށޤ ދުނިޔޭގެ އެކި ގައުމުތަކުން ސްކޯލާސް ބައިވެރިވާނެ

ބުނީ ކީކޭ؟ - އެމްއެންޔޫ އިން ބުނީ 'ތެވެލި' ކޮންފަރަންސްގެމަގުސަދަކީ ރާއްޖޭގެ މަތީ ތައުލީމުގެ ނިޒާމަކީ ދިރާސާތަކުގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދެވޭ ނިޒާމަކަށް ހެދުމާއި  ގައުމީ ޔުނިވަރސިޓީއަކީ އިލްމު އުފައްދާ، ކުރިއަރުވާ ޔުނިވާސިޓީއަކަށް ވުން ކަމަށެވެ.

މީގެ އިތުރުން ރާއްޖެއަށް ބޭނުންވާ އިލްމީ ދިރާސާތަށް ކުރުމާއި ގައުމީ މުހިންމު ނިންމުންތައް ނިންމުމުގައި އިލްމީ ދިރާސާގެ އަލީގައި ގައުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމާއި ޑޮކްޓާ އޮފް ފިލޯސަފީ ހަދަމުންދާ ދަރިވަރުންނަށާއި މުވައްޒަފުންނަށް  އެހީތެރިވުމަކީ ވެސް ކޮންފަރެންސްގެ މަގުސަދެއް ކަމަށް އެމްއެންޔޫ އިން ބުންޏެވެ.

  • ކޮންފަރެންސް ކުރިއަށް ގެންދާނީ ޔުނިވާސިޓީގެ ރިސާޗް ޑިވެލޮޕްމަންޓް އޮފީހުން ރާވައިގެ 

  • މި ކޮންފަރެންސަގައި ރާއްޖޭން ބޭރުގެ ޔުނިވާސިޓީތަކުގެ ޕޮރްފެސަރުންނާއި ދުނިޔެއަށް މަޝްހޫރު އިލްމީ ދިރާސާތައް ހައްދަވާ ޕްރޮފެސަރުންގެ އިތުރުން، ކުންފުނިތަކުން ހަދާފައިވާ އިލްމީ ހޯދުންތަކާއި ގައުމީ ލެވެލްގައި ހޯދިފައިވާ ހޯދުންތަކާއި ދިވެހިން އިލްމީ ގޮތުން ހޯދައިފައިވާ ހޯދުންތަށް އެކި ސެޝަންސްތަކުގައި ހުށަހަޅާނެ

ކޮންފަރެންސްގެ މުހިއްމު ތާރީހުތައް

  • އެބްސްޓްރެކްޓް ހުށަހަޅަން ޖެހޭ ތާރީހު: 15 މެއި

  • އެބްސްޓްރެކްޓް ފާސްކުރާ ތާރީހު: 22 ޖޫން

  • ރެޖިސްޓްރޭޝަން:3 އޮގަސްޓު

  • ކޮންފަރެންސްގައި އިނގިރޭސި، ދިވެހި ނުވަތަ ޢަރަބި ބަހުން ޕޭޕަރު ހުށަހެޅޭނެ

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް