ނިޝާން ހައްޔަރު ކުރަން ދިޔަ އިރު ކައިރީގައި ދަރިފުޅު: ފުލުހުން މިއަދު ވަނީ އެކަން ވީ ގޮތް ކިޔައިދީފައި.

ނިޝާން ހައްޔަރު ކުރީ ދަރިފުޅު ކުރިމައްޗަކު ނޫން: ފުލުހުން

ފުލުހުން ބުނީ ނިޝާންގެ ދަރިފުޅަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ވެސް ފުރުސަތު ދިން ކަމަށް

ޔޯގާ ދުވަސް ފާހަގަކުރުމަށް ބާއްވަން އުޅުނު ހަރަކާތާ ގުޅުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ދީނީ އިލްމުވެރިޔާ އާދަމް ނިޝާން ހައްޔަރު ކުރުމުގައި ފުލުހުން އަމަލު ކުރި ގޮތާ ގުޅޭ ގޮތުން އެ އިދާރައަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަން ވީ ގޮތް ފުލުހުން މިއަދު ކިޔައި ދީފި އެވެ. ފުލުހުންގެ އެސިސްޓްޓެންޓްް ކޮމިޝަނަ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ނިޝާން ހައްޔަރު ކުރީ ދަރިފުޅުގެ ކުރިމަތީގައި ނޫން ކަމަށެވެ.

މައްސަލައިގެ ފެށުން - ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ، ހަމަނުޖެހުން ހިންގައި އެ ތަނުގައި ތިބި މީހުންނަށް ހަމަލާ ދީ، އިންޒާރު ދިން މައްސަލައިގައި ޖެހިގެން އައި ބުދަ ދުވަހުގެ ރޭ ނިޝާން ހައްޔަރު ކުރިއެވެ. އެގޮތުން:

  • ނިޝާން ހައްޔަރު ކުރީ ދަރިފުޅުގެ ކުރިމަތީގައި ކަމަށް ބުނެ ޝޯޝަލް މީީޑިއާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވި

  • ނިޝާން ހައްޔަރު ކުރަން ދިޔަ ވަގުތު ކައިރީގައި ދިރިފުޅު ހުރި ވީޑިއޯއެއް ވެސް ދައުރުވި

ނިޝާން ހައްޔަރު ކުރަން ފުލުހުން ދިޔަ ވަގުތޔ ދަރިފުޅު ކައިރީގައި: މިކަމުގެ ސަބަބުން ބައެއް މީހުންގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި

ވީ ކިހިނެއް؟ - މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒު ވިދާޅުވީ އެ ވީޑިއޯ އިން ފެންނަނީ އެ މަންޒަރުގެ އެއް ބައި ކަމަށާއި މުޅި މަންޒަރު އޭގެން އޮޅޭ ކަމަށެވެ. 

"ހައްޔަރު ކުރަން ގޮސް ސީނަށް ފޭބި އިރު ކުއްޖާ ފެނުމާ އެކު ވަށައިގެން ތިބި ސްވޮޓް ފުލުހުން ދިޔައީ ދުރަށް. ކުލަ ހެދުމުގައި ތިބި ދެ ފުލުހުން ގޮސް އޭނާ [ނިޝާން]އާ ބައްދަލުކޮށްފައި އޭނާ ކައިރީ ހައްޔަރު ކުރާށޭ އައީ ބުނެފައި ދަރިފުޅު ގޮވައިގެން ގެއަށް ގޮސް ލާން ފުރުސަތު ދިނިން. ގެއަށް [ދަރިފުޅު] ލާފައި އައުމުން ދެން [ފުލުހުންގެ] ބެލުމުގެ ދަށަށް ގެންދިޔައީ،" މިކަމުގައި ފުލުހުން އަމަލު ކުރީ އެންމެ ރަނގަޅަށްތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރިޔާޒު ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ފުލުހުންގެ އިންވެސްޓިގޭޝަން ކޮމާންޑުގެ ވެރިޔާކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ، ހައްޔަރު ކުރުމަށް ފަހު މިފަދަ ކަންބޮޑުވުންތައް އައުމުން ނިޝާންއާ ބައްދަލުކޮށް ދަރިފުޅަށް އެކަމުން އެއްވެސް އުދަނގުލެއްވިތޯ ސާފުކުރި ކަމަށެވެ. އަދި ދަރިފުޅަށް ސައިކޯ ސޯޝަލް ސަޕޯޓު ދިނުމަށް ވެސް ފުލުހުންގެ ފަރާތުން ފުރުސަތު ދިން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ އިތުރުން ދަރިފުޅަށް ފޯނު ކުރަން ވެސް ފުރުސަތު ދިން ކަމަށް ރިޔާޒު ވިދާޅުވި އެވެ.

"ނިޝާންގެ ފަރާތުން ޝަކުވާއެއް ނާދޭ. އެކަމަކު ނިޝާންގެ ކަންބޮޑުވުމެއް ދަރިފުޅު ހުއްޓާ އެ ގޮތަށް އައުމުން... މަންޒަރު ބަލާލީމަ ވެސް އެނގޭ ކުއްޖާ ހުރީ ވަރަށް ބިރުންކަން. ވަރަށް އަންފޯޗުނޭޓް އެކަން އެ ގޮތަށް ދިމާވުން،" ރިޔާޒު ވިދާޅުވި އެވެ.

"ބައެއް ހާލަތުގައި ޝަކުވާއެއް ނާންނަ ގޮތަށް މިކަމެއް [މީހަކު ހައްޔަރެއް] ނުކުރެވޭނެ. މިސާލަކަށް ގޭގައި ހުއްޓައި ގެއަށް ގޮސް ވަނީ، ހަމަ އަނބިދަރިން ވެސް ތިބޭނެ."

އެނގުން މުހިންމު - މި މައްސަލައާ ގުޅިގެން މިހާތަނަށް 21 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ވަނީ ޖަހާފަ އެވެ.

ކޮމެންޓް (1)

ހިތަޑު 2

27 ޖޫން 2022
ހެދި ގޯސް ރަނގަޅު ކުރަން ބޭނުންނަމަ އެމީހުން ދޫކޮއްލާ، މިހާރުދެން ދޮގު ހަދައި އިތުރަށް ފަލީހަތް ތި ވަނީ، ބިޑި ނޭޅުވިކަން އެސޮރަށްވެސް އިނގޭނެ ވާނުވާ... ކަލޭމެން މީހުންމަރާ މުޖުރިމުންވެސް ގެންދަނީ ތިޔައްވުރެ އިއްޒަތުގަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް