Majlis 2024

އިސްލާމީ މަރުކަޒުގައި ހުކުރު ހުތުބާ އަޑުއަހަން ބަޔަކު އިށީނދެގެން. (ފޮޓޯ/ރައީސް އޮފީސް)

ދީން

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއުކުރަން ފަށައިފި

އިނގިރޭސި ބަހަށް ހުތުބާ ތަރުޖަމާކޮށް ޝާއިއުކުރަން ފެށީ، ރާއްޖެ އަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރާ ގައުމަކަށް ވެފައި ދީނުގެ މައުލޫމާތު އެ މީހުންނަށް ފޯރުކޮށްދިނުމަށް

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއު ކުރަން އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި ހުތުބާގެ ތަރުޖަމާ ޝާއިއުކުރަން ފެށީ މި މަހުން ފެށިގެން ކަމަށެވެ. މިއީ އިސްލާމް ދީނަށް ލޯބިޖައްސައި ދީނީ މައުލޫމާތު ފެތުރުމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރާ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ތަފްސީލް - މިނިސްޓްރީން ބުނީ:

  • އިނގިރޭސި ބަހަށް ހުތުބާ ތަރުޖަމާކޮށް ޝާއިއު ކުރަން ފެށީ، ރާއްޖެ އަކީ ގިނަ އަދަދެއްގެ ބިދޭސިން މަސައްކަތް ކުރާ ގައުމަކަށް ވެފައި ދީނުގެ މައުލޫމާތު އެ މީހުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި

  • ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށް ފަހު އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެެ ވެބްސައިޓުން ލިބޭނެ

އިސްލާމީ ދައުވަތު ފެތުރުމަށް މިނިސްޓްރީން ކުރަކުން އަންނަ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް އިތުރަށް ފުޅާކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް