Majlis 2024

މި އަހަރުގެ ކުރީކޮޅު ހުޅުމާލެގައި ބަނަފިނި (ހޭޒް) އުފެދި، ދުރުފެންނަ މިންވަރު ދަށްވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ހިރަފުހާއި ދުމާ ހެދި ބަނަފިނި އުފެދި، ދުރުފެންނަ މިންވަރު ދަށަށް

މިހެން ވަނީ ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވާއިރު، ހިމާލިޔާ ފަރުބަދަތައް ހުންނަ ސަރަހައްދުން ހިރަފުހާއި ދުން ބޭ އޮފް ބެންގޯލް ކަނޑު ހުރަސްކޮށް ރާއްޖެ ފޯރާތީ
2 ޑިސެމްބަރު 2022

މި ދުވަސްވަރު ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށަށް ގޮސްފައިވަނީ ހިރަފުހާއި ދުމުގެ ސަބަބުން ވައި ނުސާފުވެފައިވާތީ ކަމަށް މެޓް އޮފީހުން ރޭ ބުނެފި އެވެ.

ވީ ކިހިނެއް؟ - ހުޅަނގު މޫސުން ނިމި، އިރުވައި މޫސުމާ ބައްދަލުކުރާ ދުވަސްވަރު ހުޅަނގުން އިރުމައްޗަށް ވައި ބަދަލުވާ ދުވަސްވަރު އާންމުކޮށް ރާއްޖެއަށް މި މައްސަލަ ދިމާވެ އެވެ. މެޓް އޮފީހުން ރޭ ބުނިި ގޮތުގައި، މިހެން ވަނީ މި ވަޔާ އެކީ، ހިމާލިޔާ ފަރުބަދަތައް ހުންނަ ސަރަހައްދުން، ހިރަފުހާއި ދުން ބޭ އޮފް ބެންގޯލް ކަނޑު ހުރަސްކޮށް ރާއްޖެ ފޯރާތީ އެވެ.

މި އަހަރުގެ ކުރީކޮޅު ހުޅުމާލެގައި ބަނަފިނި (ހޭޒް) އުފެދި، ދުރުފެންނަ މިންވަރު ދަށްވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ތަފްސީލް - ރާއްޖޭގައި ދުރު ފެންނަ ވަރަށް ބަލާއިރު:

  • މޫސުން ރަނގަޅު ނަމަ އާންމުކޮށް 10 ކިލޯމީޓަރާ ހަމައަށް ދުރު ފެނޭ 

  • ވައި ނުސާފުވެ، ބަނަފިނި އުފެދޭ ދުވަސްވަރު ފެންނަނީ 5 ކިލޯމީޓަރާ ހަމައަށް 

މެޓުން ބުނާ ގޮތުގައި، މިކަން އާންމުކޮށް ފާހަގަކުރެވެނީ ޑިސެމްބަރު މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ.

ވައި ނުސާފުވުމާ ގުޅިގެން މެޓް އޮފީހުން އިލްތިމާސްކުރި ގޮތުގައި:

  • ހިރަފުހުގެ ސަބަބުން ނޭވާލާ ނިޒާމުުގެ މައްސަލަތައް ހުންނަ މީހުންނަށް އުނދަގޫވުން ގާތް

  • ވާރޭ ފެން ރައްކާކުރުމާއި ބޭނުންކުރުމުގައި އިތުރަށް ސަމާލުވުން މުހިންމު

އިތުރު އާޓިކަލް

އިތުރު އާޓިކަލް