Majlis 2024

ބީއެމްއެލްއިން ފުރޮޅުލީ ގޮނޑި ހަދިޔާކުރި ފަރާތްތަކެއް: ފުރޮޅުލީ ގޮނޑި ހަދިޔާކުރުމުގެ ސަބަބުން 200 އާއިލާގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނެސްދެވިފައިވާ ކަމަށް ބީއެމްއެލްއިން ބުނޭ (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްއިން އިތުރު 33 މީހަކަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާކުރަނީ

28 ޑިސެމްބަރު 2022

ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިތުރު 33 މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކުރުމަށް ގައުމީ ބޭންކް، ބީއެމްއެލް އިން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - ބީއެމްއެލްއިން ބުނީ މި ބުރުގައިވެސް މޮޓޮރައިޒް ވީލްޗެއާތައް ހަދިޔާ ކުރަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާ ބިނގާވެ އުޅުމުގެ ނުކުޅެދުންތެރުކަން ހުންނަ މީހުންނަށް ކަމަށެވެ. އެ ވީލްޗެއާ ތަކާއެކު، ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 200 އަށް ވުރެ ގިނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމަށް އެހީތެރިވެދޭނޭ ކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

  • މޮޓޮރައިޒް ވީލްޗެއާ ދިނުމުގެ ޕްރޮގްރާމް ބީއެމްއެލްއިން ފެށީ 2017 ވަނަ އަހަރުގައި

ބީއެމްއެލްއިން ފުރޮޅުލީ ގޮނޑި ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ދަށުން އެ ގޮނޑި ހަދިޔާކުރި ބައެއް ފަރާތްތަކާ އެކު ބީއެމްއެލްގެ މުވައްޒަފުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް އެ ބޭންކުން ގިނަ ހަރަކާތްތަކެއް ހިންގާ (ފޮޓޯ/ބީއެމްއެލް)

ސީއީއޯގެ ބަސް - ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހިތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުން އަބަދުވެސް ވަރަށް ބޮޑު އަހައްމިޔަތުކަމެއްދޭ ކަމެއް ކަމަށެވެ. އަދި މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފުރުސަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ކާލް ވިދާޅުވި އެވެ.

މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރުމުގެ ޕްރޮގްރާމްގެ ސަބަބުން ގިނަ ފަރުދުންނާއި އާއިލާތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނެސްދެވިފައިވާ 

ކާލް ސްޓުމްކަ، ބީއެމްއެލްގެ ސީއީއޯ

ފާހަގަކޮށްލެވޭ - ބީއެމްއެލްއިން އިން އަންނަނީ ކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން ބީއެމްއެލްއިން ވަނީ:

  • 10 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައި 

  • ޑެފް އެސޯސިއޭޝަނާއި ގުޅިގެން ބޭންކުން ވަނީ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މުނާސަބަތުގައި ހާއްސަ ހަރަކާތްތަކެއް ހިންގާފައި 

  • މިއަހަރު ކުރީކޮޅު ބޭންކުންވަނީ އެ އެސޯސިއޭޝަނުން ތައްޔާރުކުރަމުންދާ އޮންލައިން ޑިކްޝަނަރީ އެއް އުފެއްދުމުގެ މަސައްކަތަށް ވެސް އެހީތެރިކަންފޯރުކޮށްދީފައި

  • ދާދިފަހުން ބޭންކުންވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯ ޕާސަންސް ވިތް ޑިސަބިލިޓީސް އަށް ވެސް އެހީތެރިކަންފޯރުކޮށްދީފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް