ބީވީއައިއެސްއެމް އިން އއ. އުކުޅަހުގައި ހިންގި ހަރަކާތްތަކުގެ ތެރެއިން. (ފޮޓޯ/ދިރާގު)

ދިރާގު

ފެނުމާއި އިވުމުން މަހުރޫމުވެފައިވާ މީހުންގެ ހަރަކާތްތަކަށް ދިރާގުގެ އެހީ

މި ހަރަކާތްތައް ހިންގާފައި ވަނީ އއ. އުކުޅަހާއި ކ. ގުރައިދޫގައި
5 ޑިސެމްބަރު 2022

ލޮލުގެ ފެނުމާއި އިވުމުން މަހުރޫމުވެފައިވާ ފަރާތްތަކަށް ހާއްސަކޮށް ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް ދަ މޯލްޑިވްސް (ބީވީއައިއެސްއެމް) އަދި މޯލްޑިވްސް ޑެފް އެސޯސިއޭޝަން (އެމްޑީއޭ) އިން ކުރިއަށްގެންދިޔަ ހަރަކާތްތަކަކަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

ވީ ކިހިނެއް؟ - ދިރާގުން އެ އެހީތެރިކަން ފޯރުކޮށްދިނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން، މުޖުތަމައު ބާރުވެރިކުރުމަށް ކުރާ މަސައްކަތްތަކުގެ ދަށުންނެވެ.

ތަފްސީލް - ބީވީއައިއެސްއެމް އިން އއ. އުކުޅަހުގައި ހަރަކާތްތައް ހިންގާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. އެގޮތުން، އެ ރަށުގައި:

  • ހޭލުންތެރިކުރުމުގެ ވޯކްޝޮޕެއް ބާއްވާފައި 

  • ކުޑަކުދިންގެ ހަވީރެއް ވެސް ބޭއްވި

އެމްޑީއޭގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ކ. ގުރައިދޫގަ އެވެ. އެގޮތުން:

  • އެ ހަރަކާތްތައް ބޭއްވީ އެ ރަށުގައި ހުންނަ ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)ގެ ބައިވެރިވުމާ އެކު 

  • އެމްޑީއޭ އާއި އެޗްޕީއެސްއެންގެ އިތުރުން ގުރައިދޫ ކައުންސިލާއި ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުވުމުގެ ވޯކްޝޮޕްތައް ހިންގާފައިވޭ

  • ހާއްސަ ކޮމިއުނިޓީ ފެސްޓިވަލެއް ވެސް ބާއްވާފައިވޭ 

ބުނީ ކީކޭ؟ - ދިރާގުން ބުނީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނާއި ޒުވާނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. އެކި ޖަމިއްޔާތަކާ ގުޅިގެން ތަފާތު ޕްރޮގްރާމްތަކަށް އެއްބާރުލުން ދެމުން އަންނަކަން އެ ކުންފުނިން ފާހަގަކުރި އެވެ.

info@dhiraagu.com.mv
123

އިތުރު އާޓިކަލް

އިތުރު އާޓިކަލް