Majlis 2024

މާފަންނު ސްޓޭޑިއަމްގައި 2019ގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރަނީ. (ފައިލް ފޮޓޯ/ވީނިއުސް)

އީދު ނަމާދު 2 އަހަރަށް ފަހު ބޮޑު ޖަމާއަތުގައި ކުރަނީ

މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނީ މާފަންނު ސްޓޭޑިއަމް، ހުޅުމާލެ ޓްރެކް ދަނޑު އަދި ވިލިމާލޭ ބަނދަރު ސަރައްދުގައި
26 އޭޕްރީލު 2022

ފިތުރު އީދު ނަމާދު ދެ އަހަރަށް ފަހު މި އަހަރު ބޮޑު ޖަމާއަތުގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - ފާއިތުވެދިޔަ ދެ އަހަރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ނުކުރީ ކޮވިޑާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުންނެވެ. މިދިޔަ އަހަރު މިސްކިތްތަކުގައި އީދު ނަމާދު ކުރި ނަމަވެސް، އޭގެ ކުރީ އަހަރު ލޮކްޑައުންކޮށްފައި އޮތުމުން މިސްކިތްތަކުގައި ވެސް އީދު ނަމާދެއް ނުކުރެ އެވެ.

ބުނީ ކީކޭ؟ - އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ފަހަރު މޫސުން ތަންދޭ ނަމަ، ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރާނެ ކަމަށެވެ. މޫސުން ތަން ނުދޭ ނަމަ އީދު ނަމާދު ކުރާނީ، އެ މިނިސްޓްރީން ބުނި ގޮތުގައި، މިސްކިތްތަކުގަ އެވެ.

ހުޅުމާލެ ޓްރެކް ދަނޑު: ހުޅުމާލޭގައި އީދު ނަމާދު ކުރާނީ މި ތަނުގައި. (ދައުރު ފޮޓޯ)

ތަފްސީލް - މާލެ ސަރަހައްދުގައި އީދު ނަމާދު ކުރާނީ:

  • މާފަންނު ސްޓޭޑިއަމް

  • ހުޅުމާލެ ޓްރެކް ދަނޑު

  • ވިލިމާލޭ ބަނދަރު ސަރައްދު

  • މާފަންނު ސްޓޭޑިއަމް

  • ހުޅުމާލެ ޓްރެކް ދަނޑު

  • ވިލިމާލޭ ބަނދަރު ސަރައްދު

އީދު ނަމާދަށް ދާއިރު ސަމާލުކަން ދޭން ޖެހޭ ކަންތައްތައް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ. އެއީ:

  • ގެއިން ވުލޫކޮށްގެން ދިއުން

  • އަމިއްލަ މުސައްލައެއް ގެންދިއުން

  • އަމިއްލަ ފެންފުޅިއެއް ގެންދިއުން

  • ފައިވާން ލާނެ ޕްލާސްޓިކް ނޫން ކޮތަޅެއް ގެންދިއުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް