މިފްކޯގެ ޖަޒީރާ ރީފާ: މިދިޔަ ބުދަ ދުވަހު ރާއްޖެ އައި އެ ބޯޓުން ބަނގުރާ ފުޅިތަކެއް ވަނީ ފެނިފައި

ރާއްޖެ އައި މިފްކޯގެ ބޯޓަކުން ބަނގުރާ ފުޅިތަކެއް ފެނިއްޖެ

އެ ބޯޓުން 31 ފުޅި ބަނގުރާ ފެނުނު

ބޭރު ގައުމަކުން ފުރައިގެން ރާއްޖެ އައި މިފްކޯގެ ބޯޓަކުން ބަނގުރާ ފުޅިތަކެއް ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - ކަސްޓަމްސް އާއި އެމްއެންޑީއެފް އަދި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތައް ފެނުނުނީ މިިދިޔަ ބުދަ ދުވަހު ރާއްޖެ އައި މިފްކޯގެ ޖަޒީރާ ރީފާ އިންނެވެ. އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ވަނީ އެކަން ކަށަވަރުވެފަ އެވެ.

ފުލުހުންގެ ބަސް - މިކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނަކު މިރޭ 'ދައުރު'އަށް ވިދާޅުވީ، ބުދަ ދުވަހު ރާއްޖެ އައި މަސް ބޯޓެއް ބަލާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޯޓެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމައެއް ނުކުރެ އެވެ.

"މި ބޯޓު ބަލާ ފާސްކުރި، ބަނގުރާ ކަމަށް ބެލެވޭ އެއްޗެއް ހުރި 31 ފުޅި ފެނިފައިވޭ،" ތަރުޖަމާނު ވިދާޅުވި އެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

'ދައުރު'އަށް އެނގިފައިވާ ގޮތުގައި ބޯޓު ބަލާ ފާސްކޮށްފައިވަނީ ހުވަދު އަތޮޅުންނެވެ. ބޯޓު އައީ ކޮން ގައުމަކުން ކަމެއް ޔަގީނެއް ނުވެ އެވެ. ނަމަވެސް އެއީ ތައިލެންޑަށް މަސް ވިއްކުމަށް ދަތުރުކުރުމަށް ބޭނުންކުރާ ބޯޓެކެވެ.

މިކަމާ ގުޅޭ ގޮތުން މިފްކޯގެ ބަހެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް