ސެންޓާ ފޯ މެންޓަލް ހެލްތުގެ ދަށުން އެނދުމަތިކޮށްގެން ފަރުވާދޭ މީހުންނަށް ހާއްސަކޮށްގެން ހުޅުވި ވޯޑު (ފޮޓޯ/އައިޖީއެމްއެޗް)

އައިޖީއެމްއެޗް

ނަފްސާނީ ބަލި މީހުން އެޑްމިޓްކޮށްގެން ފަރުވާދޭ ވޯޑް އައިޖީއެމްއެޗްގައި ހުޅުވައިފި

ކަސްރަތު ކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ވޯޑުގައި 9 އެނދު ހުންނާނެ

އައިޖީއެމްއެޗްގެ ސެންޓާ ފޯ މެންޓަލް ހެލްތުގައި، ނަފްސާނީ ބަލިމީހުން އެނދުމަތިކޮށްގެން ފަރުވާދިނުމަށް އިންޕޭޝަންޓު ވޯޑެއް ހުޅުވައިފި އެވެ.

ވީ ކިހިނެއް؟ - އައިޖީއެމްއެޗް އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ވޯޑު ހުޅުވީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. ނަފްސާނީ ބަލި މީހުންނަށް ފަރުވާދޭ ވޯޑެއް ހުޅުވާނެ ކަމަށް، މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

ތަފްސީލް - އައިޖީއެމްއެޗް އިން ބުނީ އެއީ ނުވަ އެނދުގެ ވޯޑެއް ކަމަށެވެ. އޭގެ އިތުރުން އެ ވޯޑުގައި: 

  • ޑީއެސްކެލޭޝަން ކޮޓަރިއެއް ހުންނާނެ 

  • ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް އެއް ހުންނާނެ 

  • ކަސްރަތުކުރާ މެޝިންތަކެއްވެސް ވޯޑުގައި ބަހައްޓާފައިވޭ

އެ ވޯޑުގައި ބަލި މީހުންނަށް ކަސްރަތު ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި (ފޮޓޯ/އައިޖީއެމްއެޗް)
ބޭރަށް ނިކުމެވޭގޮތަށް ހަދާފައިވާ ޓެރަސް (ފޮޓޯ/އައިޖީއެމްއެޗް)

ބުނީ ކީކޭ؟ - އައިޖީއެމްއެޗް އިން ބުނީ ބަލި މީހުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އެ ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.

އެނގުން މުހިންމު - އައިޖީއެމްއެޗްގައި މެންޓަލް ހެލްތު ކްލިނިކެއް ހުޅުވީ 1 މާޗު 2019 ގަ އެވެ. ނަފްސާނީ ބަލިތަކަށް ހާއްސަކޮށް މަރުކަޒެއް ހުޅުވުމަކީ ރައީސް ސޯލިހުގެ ވެރިކަމުގެ 100 ދުވަހުގެ ވައުދެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް