Majlis 2024

އުރީދޫގެ ކަލަންޑަރު އިފްތިތާހުކުރަން ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އުރީދޫ)

އުރީދޫ

އުރީދޫގެ 2023 ކަލަންޑަރު: ކޮންމެ މަހަކަށް މާ ގަހެއް

ރާއްޖޭގައި އާންމުކޮށް ފެންނަ 12 މާ ގަހުގެ އޮށް އަދި ގަސް އިންދާ ޕޮޓު މި ކަލަންޑަރާ އެކު ލިބޭނެ. އެ މާމެލާމެލީގެ ތަޖުރިބާއެއް އޯގްމެންޓަޑް ރިއަލިޓީ ޓެކްނޮލޮޖީ މެދުވެރިކޮށް ކޮށްލެވޭނެ
25 ޖެނުއަރީ 2023

ރާއްޖޭގައި އާންމުކޮށް ހެދޭ ގަސްގަހުގައި އަޅާ ރީތި މާމެލާމެލީގެ ބާވަތްތައް ދައްކުވައިދޭ އުރީދޫ މޯލްޑިވްސްގެ 2023ގެ ޑެސްކް ކަލަންޑަރު، ގްރޯ ވިތު އުރީދޫ، މިއަދު އިފްތިތާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - 'ގްރޯ ވިތު އުރީދޫ' މި ޝިއާރު މި އަހަރުގެ ކަލަންޑަރަށް ހަމަޖެއްސީ މިއީ އުރީދުއަށް 18 އަހަރު ފުރޭ އަހަރަށް ވުމާ އެކުގަ އެވެ.

ރާއްޖެއިން އާންމުކޮށް ފެންނަ މާމެލާމެލި، އޮގްމެންޓެޑް ރިއަލިޓީ (އޭއާރު) މެދުވެރިކޮށް މި ކަލަންޑަރުން ތަޖުރިބާކޮށްލުމުގެ އިތުރުން ކޮންމެ މަހަކަށް ހާއްސަ މާ ގަހުގެ އޮށާއި ގަސް އިންދަން 12 ގަސް ޕޮޓު ވެސް ކަލަންޑަރާ އެކު ލިބެ އެވެ.

ބުނީ ކީކޭ؟ - އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ މިއީ އީޖާދީ ކަލަންޑަރެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ކަލަންޑަރުގެ ސަބަބުން އަމިއްލައަށް ގަސް ހައްދަން އިތުރު ހިތްވަރަކަށް ވެސް ވާނެ އެވެ.

"މި ކަލަންޑަރުން ރާއްޖޭގައި އާންމުކޮށް ފެންނަ މާތައް ކޮންމެ ތަނެއްގައި ހުރެގެން ވެސް އޮގްމެންޓަޑް ރިއަލިޓީގެ އެހީގައި ތަސައްވުރު ކޮށްލެވޭނެ،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ ވީހާވެސް ގިނަ މީހުން އަމިއްލަ އަށް ގަސްގަހާގެހި ހައްދައި، ގުދުރަތުގެ އަގު ވަޒަންކުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް."

އުރީދޫގެ 2023 ކަލަންޑަރު

  • ރާއްޖޭގައި އާންމުކޮށް ފެންނަ ތަފާތު މަލެއް ކޮންމެ މަހެއްގައި ދައްކުވައިދޭ

  • ކޮންމެ ސަފުހާއެއްގައި ހިމެނޭ ސްނެޕްޗެޓް ކޯޑް ސްކޭންކުރުމުން އެ މަހަކަށް ހާއްސަ މަލުގެ އޭއާރު ތަޖުރިބާ ކޮށްލެވޭނެ

  • ކޮންމެ މަހަކަށް މާ ގަހެއްގެ އޮށް ލިބޭނެ، ގަސް އިންދަން 12 ޕޮޓު ކަލަންޑަރުގައި ހިމެނޭ

  • ގަސް އިންދާނެ ގޮތުގެ ގައިޑެއް ހިމެނޭނެ، އެ ގައިޑު އުރީދޫގެ ވެބްސައިޓުން ވެސް ބަލައިލެވޭނެ

ކަލަންޑަރު އިފްތިތާހުކުރި ހަފްލާގައި އުރީދޫން ވަނީ ގްރޯ ވިތު އުރީދޫ ކެމްޕޭނުގެ އެމްބެސެޑަރަކަށް ރަމްޒީ ހުސައިން ނުވަތަ މަޝްހޫރު ނަމުންނަމަ 'ޒުވާން ދަނޑުވެރިޔާ' ހަމަޖައްސައިފަ އެވެ. އުރީދޫން ބުނީ ޒުވާން ދަނޑުވެރިޔާއާ އެކު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ރާވައިފައިވާ ކަމަށެވެ.

ގްރޯ ވިތު އުރީދޫ ކަލަންޑަރު 2023އާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ.

care@ooredoo.mv
9613929

އިތުރު އާޓިކަލް

އިތުރު އާޓިކަލް