Majlis 2024

ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަން

ކިމް ކާޑޭޝިއަން

ކިމް އާއި ޕީޓް ރުޅިވެއްޖެ

ކިމް އާއި ޕީޓްގެ ގުޅުން ނިންމާލީ ދެ މީހުންގެ ޝެޑިއުލް ހުންނަ ގޮތުން އެކަކު އަނެކަކަށް ދޭން ޖެހޭ ވަރަށް ވަގުތު ނުދެވޭތީ ކަމަށް ރިޕޯޓްތައް ބުނޭ
7 އޯގަސްޓު 2022

ކިމް ކާޑޭޝިއަން އާއި ޕީޓް ޑޭވިޑްސަންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ހަބަރުތައް ބުނާގޮތުން ނުވަ މަސް ދުވަސްވީ ލޯބީގެ ގުޅުން ނިމުމަކަށް ގެނެސް އެމީހުން މިހާރު ބޭނުންވަނީ ރައްޓެހިގެން ގޮތުގައި ތިބޭށެވެ. އެ ދެ މީހުން ރައްޓެހިވީ މިދިޔަ ނޮވެމްބަރު މަހު އެވެ.

އީ ނިއުސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕީޓް އާއި ކިމް އެކަކު އަނެކަކަށް ވަރަށް ބޮޑަށް އިހުތިރާމު ކުރެ އެވެ. ދެ މީހުންގެ ދެމެދުގައި ރަހުމަތްތެރިކަން ދެމިއޮންނާނެ ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ރިއަލިޓީ ޓީވީ ތަރި އަދި ވިޔަފާރިވެރިޔާ ކިމް އާއި ކޮމީޑިއަން ޕީޓްގެ ގުޅުން ނިންމާލީ ދެ މީހުންގެ ޝެޑިއުލް ހުންނަ ގޮތުން އެކަކު އަނެކަކަށް ދޭންޖެހޭ ވަރަށް ވަގުތު ނުދެވޭތީ ކަމަށްވެ އެވެ. 

ޕީޓް މި ވަގުތު ހުރީ އޮސްޓްރޭލިއާގައި، 'ވިޒާޑްސް' ކިޔާ ފިލްމެއްގެ މަސައްކަތުގަ އެވެ. ކިމް އުޅެނީ އޭނާ އާއި ކާންޔޭ ވެސްޓުގެ ކައިވެންޏަށް ލިބުނު ދަރިންނާ އެކު ވަގުތު ހޭދަކުރުމުގައި ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް