Majlis 2024

އެފްއެންޑްބީ ޝޯ 2022 ހުޅުވުމުގެ ރަސްމިއްޔާތު: މި ޝޯ އަންނަ ހޮނިހިރުދުވަހާ ހަމައަށް ކުރިއަށްދާނެ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެފްއެންޑްބީ ޝޯ

ރާއްޖޭގެ އެފްއެންޑްބީ ސަޕްލަޔަރުންނަށް ދުނިޔޭގެ ފެންވަރުގައި ވެސް ވާދަކޮށްލެވޭނެ: މައުސޫމް

ކެއްކުމުގެ ހުނަރު ހުރި ދިވެހިންގެ ފަހަތުގައި ތިބީ ބޭނުންވާ ސާމާނު ގެނެސްދޭ ސަޕްލަޔަރުން

މުހިންމު ނުކުތާތައް

ކޮވިޑް-19ގެ ތެރޭގައި 'ސިއްސައިގެންދާ ވަރުގެ' އުފެއްދުންތައް ފެނުނު ކަމަށް ވިދާޅުވި

ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ތަފާތު އެއްޗެހި ސަޕްލަޔަރުން ގެނެސްދޭ

ސެންޓްރަލް ޕާކްގައި ކުރިއަށްދާ ޝޯގައި 30 ފަރާތަކުން ބައިވެރިވޭ

ފުޑް އެންޑް ބެވަރޭޖް (އެފްއެންޑްބީ) ދާއިރާއިން ދުނިޔޭގެ ފެންވަރުގައި ވެސް ވާދަކޮށްލެވޭ ފެންވަރު ރާއްޖޭގެ އެފްއެންޑްބީ ސަޕްލަޔަރުންގެ އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެފްއެންޑްބީ ސަޕްލަޔަރުންނަށް މިނިސްޓަރު މައުސޫމް ތައުރީފުގެ ބަސްތައް ރައްދުކުރެއްވީ، ހައިރައިޒްއިން އިންތިޒާމުކޮށްގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ 'އެފްއެންޑްބީ ޝޯ 2022' އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގަ އެވެ.

މިނިސްޓަރުގެ ބަސް - މައުސޫމް ވިދާޅުވީ އެފްއެންޑްބީ ތަކެތި ހަދާ ދިވެހިން ފެންނަނީ ވަރަށް މަދުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ޓޫރިޒަމް ދާއިރާގައި ޝެފުންގެ ގޮތުގައި އުޅޭ ދިވެހިން މަދުވެދާނެ އެވެ.

"އެހެން ނަމަވެސް ޕެންޑެމިކްގެ ތެރޭ މުޅި ގައުމު ސިއްސުވާލި ދިވެހިންގެ ކްރިއޭޓިވިޓީން،" އެ މަދު މީހުންގެ ހުނަރުގެ މުހިންމުކަން ދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

"އިންސްޓަގްރާމް ހުޅުވާލާއިރަށް މާލޭގައި އެކި ބޭބޭފުޅުން ތައްޔާރުކުރި ފުޑް އެންޑް ބެވަރޭޖް އެއްޗެހި [ފެންނަނީ]. ނުލާހިކު ހިތްގައިމު އަދި އެހާ މީރު ވެސްމެ. ފޮޓޯއަށް ބަލައިލާފައި އެ އެއްޗެއް އޯޑަރު ކުރާނީ. އެ އޯޑަރުކޮށްފައި ރަހަ ބަލައިލާފައި ދެ ވަނަ ފަހަރަށް ވެސް އޯޑަރު ކުރާނެ. އެ ފެންވަރަށް ދިޔަ."

އެފްއެންޑްބީ ޝޯ 2022 ހުޅުވުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ތަފްސީލު - އެ ތަކެތި ތައްޔާރުކުރީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަރަށް 'ކްރިއޭޓިވް' މީހުންނެވެ. އެ މީހުންގެ އެ ކްރިއޭޓިވިޓީ ހުރި ނަމަވެސް އެ ހުރިހާ ކަމެއްގެ ފަހަތުގައި ހަގީގަތުގައި ތިބީ އެ ތަކެތި ތައްޔާރުކުރަން ބޭނުންވާ ސާމާނު ރާއްޖެއަށް އެތެރެކޮށް ވިއްކާ އެފްއެންޑްބީ ސަޕްލަޔަރުން ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު އަޅުގަނޑަށް ޔަގީން މި ޝޯއަށް [އެފްއެންޑްބީ ޝޯއަށް] ބަލައިލާއިރު އަޅުގަނޑުމެންނަށް އެނގޭ، ރާއްޖޭގެ ފުޑް އެންޑް ސަޕްލަޔާސް މިއަދު ރާއްޖެ، ދުނިޔޭގައި ވާދަކޮށްލަން ރެޑީގައި ތިބިކަން،" މައުސޫމް ވިދާޅުވި އެވެ.

"އެއީ އާދައިގެ މީޓް ޕްރޮޑަކްޓްސް ކަމުގައިި ވިޔަސް ވެސް، އެހެން ކަރަކަރައިން ލިބޭ ތަފާތު ގޮވާމުގެ ބާވަތްތައް ކަމުގައި ވިޔަސް ވެސް، ތަފާތު ހަވާދުގެ ބާވަތްތައް ކަމުގައި ވިޔަސް ވެސް، ތަފާތު އެކި ވައްތަރުގެ ސެލެޑް ކަމަށް ވިޔަސް ވެސް. މި ހުރިހާ އެއްޗެއް ތިޔަ ބޭފުޅުން ދުނިޔޭގެ އެކި ކަންކޮޅުތަކުން އެބަ ގެނެސްދޭ."

އެފްއެންޑްބީ ޝޯ: ރާއްޖޭގައި ބާއްވާ ވިޔަފާރީގެ މުހިންމު އެއް އެއްވުން (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ތަފާތު ކެއުން ތައްޔާރުކުރާނެ ގިނަ ވައްތަރުގެ ސާމާނު މި ޝޯގައި ބަހައްޓާފައިވޭ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - އެފްއެންޑްބީ ޝޯ އަކީ ދިވެހިންގެ ރަހަތައް ހެޔޮވަރުކޮށްދޭ ވަކިވަކި ކާބޯތަކެތީގެ އެންމެ ގިނަ ބާވަތްތައް ދައްކުވައިދޭ އެންމެ ބޮޑު ޝޯ އެވެ. މިއީ ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ވަކި ވިޔަފާރިތައް އެއް ތަން ކުރުވާ އެންމެ ބޮޑު ޝޯ ވެސް މެ އެވެ.

އެފްއެންޑްބީ ޝޯ 2022

ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބާއްވާ އެފްއެންޑްބީ ޝޯ ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4 އިން ރޭގަނޑު 10އާ ހަމައަށެވެ. މި ހަރަކާތުގައި:

  • 30 އެގްޒިބިޓަރުން ބައިވެރިވާނެ

  • 'ވިޒިޓް އެންޑް ވިން' ލަކީޑްރޯއެއް ނަގާނެ

  • ގަންނަ ތަކެތިން ހާއްސަ ޑިސްކައުންޓް ލިބޭނެ

  • ތަކެތި ގަތުމުގެ ކުރިން ހިލޭ ސާމްޕަލްކޮށްލެވޭނެ

އެފްއެންޑްބީ ޝޯ ކުރިއަށްދާ ކޮންމެ ދުވަހަކު ވެސް ސްޓޯލްތަކަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި އިނާމު ލިބޭ ލަކީޑްރޯ ނެގުން ކުރިއަށްދާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް