ކުރިން ބޭއްވި ޖީއެމް ފޯރަމެއްގެ ތެރެއިން. (ފޮޓޯ/ހޮޓެލިއާ މޯލްޑިވްސް)

ޖީއެމް ފޯރަމް 2022

މި އަހަރުގެ ޖީއެމް ފޯރަމްގައި އެސްޓީއާރުގެ ޕްރެޒެންޓޭޝަނެއް

އެސްޓީއާރަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓް ޑޭޓާ އެއްކޮށް އެފަދަ ރެކޯޑުތައް ބަލަހައްޓާ ކުންފުންޏެއް

ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުގެ ޖެނެރަލް މެނޭޖަރުންނަށް ހާއްސަކޮށްގެން ބާއްވާ 'ޖެނެރަލް މެނޭޖާސް ފޯރަމް' (ޖީއެމް ފޯރަމް)ގެ މި އަހަރުގެ ކޮންފަރެންސްގައި، ޓޫރިޒަމް ސިނާއަތުގެ ޑޭޓާ އެނަލައިޒްކުރާ އެސްޓީއާރު ކުންފުނީގެ ޕްރެޒެންޓޭޝަނެއް ހިމެނޭނެ ކަމަށް ހޮޓެލިއާ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.

އެސްޓީއާރަކީ ކޮބާ؟

  • ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ މާކެޓް ޑޭޓާ އެއްކޮށް އެފަދަ ރެކޯޑުތައް ބަލަހައްޓާ ކުންފުންޏެއް

  • އެސްޓީއާރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 67،000 އަށް ވުރެ ގިނަ ހޮޓާޓަކުގެ ރެކޯޑުތައް ބަލަހައްޓާ

  • އޭގެ ތެރޭގައި ސަޕްލައި އަދި ޑިމާންޑުގެ އިތުރުން މާކެޓް ޝެއާއާ ގުޅޭ މައުލޫމާތުތައް ހިމެނޭ

ބުނީ ކީކޭ؟ - ޓޫރިޒަމް ސިނާއަތަށް ހާއްސަކޮށްގެން ރާއްޖޭގައި ނެރޭ އެންމެ މަޝްހޫރު އެއް ޓްރެވަލް މަޖައްލާ ކަމަށްވާ ހޮޓެލިއާ މޯލްޑިވްސް އިން ބުނީ މި އަހަރުގެ ފޯރަމްގައި އެސްޓީއާރުގެ ފަރާތުން ޕްރެޒެންޓޭޝަން ދެއްވާނީ ސެންޓްރަލް އެންޑް ސައުތު އޭޝިއާ ސަރަހައްދުގެ އެކައުންޓްސް މެނޭޖަރު ކަރަން މަހޭޝް ކަމަށެވެ.

އެސްޓީއާރުގެ ސެންޓްރަލް އެންޑް ސައުތު އޭޝިއާ ސަރަހައްދުގެ އެކައުންޓްސް މެނޭޖަރު ކަރަން މަހޭޝް.

؛ތްރޫ ދަ އައިސް އޮފް ދަ ވޯލްޑްސް ފޭވަރިޓް ޓްރެވަލް ބަބުލް' މި މައުލޫގެ ދަށުން ދޭ ޕްރެޒެންޓޭޝަންގައި:

  • ފަތުރުވެރިކަމުގެ ސިނާއަތާ ގުޅުންހުރި އެންމެ ފަހުގެ ޑޭޓާ ހިއްސާކުރާނެ 

  • ހާއްސަކޮށް ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ރާއްޖޭގެ މާކެޓަށް އައިސްފައިވާ ބަދަލުތަކާއި ކުރިއަށް އޮތް ތަނުގައި ލަފާކުރާ ޑޭޓާތައް މި ޕްރެެންޓޭޝަނުގައި ހިމެނޭނެ

  • އެންމެ މަދުން ފަތުރުވެރިން އަންނަ ލޯ ސީޒަނުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންދާޒާ ކުރާ ޑިމާންޑަށް އަލިއަޅުވާލާނެ

  • ދުނިޔޭގެ އެހެން ގައުމުތަކުން ފަތުރުވެރިންނަށް ބޯޑަރުތައް ހުޅުވާލާއިރު އޭގެ ސަބަބުން ރާއްޖޭގެ މާކެޓަށް ކުރާނެ އަސަރުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރާނެ

ޖީއެމް ފޯރަމް 15 ސެޕްޓެމްބަރުގައި

  • ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ކުރިއަށް ގެންދާ ހަ ވަނަ ޖީއެމް ފޯރަމް ބާއްވަން ނިންމާފައި ވަނީ 15 ސެޕްޓެމްބަރުގައި ކުރުނބާ މޯލްޑިވްސް ރިސޯޓްގައި

  • މީގެ ހަ އަހަރު ކުރިން، 2016 ވަނަ އަހަރު ބާއްވަން ފެށި ޖީއެމް ފޯރަމްގެ މި އަހަރުގެ އަދަދުގައި ވެސް ޓޫރިޒަމް ދާއިރާގެ ފާހަގަކޮށްލެވޭ ލީޑަރުންނާއި އެހެނިހެން ފަރާތްތައް ބައިވެރިވެ، ކީނޯޓާއި ޕެނަލް ޑިސްކަޝަން އަދި ޕްރެޒެންޓޭޝަންތައް ހުށަހަޅައިދޭނެ

ހޮޓެލިއާ އިން ބުނީ މި އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރަށް ވުމާ އެކު، މި އަހަރުގެ ފޯރަމްގައި ރާއްޖޭގެ ޓޫރިޒަމްގެ 50 އަހަރުގެ ތާރީހާ ގުޅޭ ބައެއް ހުށަހެޅުންތައް ވެސް ހިމެނުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި އަހަރުގެ ފޯރަމްގައި ހިމެނޭ މައިގަނޑު ދާއިރާތަކަކީ:

  • ކޮވިޑުގެ ބަލިމަޑުކަމަށް ފަހު ސިއްހަތާއި ދުޅަހެޔޮކަމާ ދޭތެރޭ ޓޫރިސްޓުން ދެކޭ ގޮތް ނުވަތަ ޕޯސްޓް ޕެންޑެމިކް ވެލްބީން 

  • ޓޫރިޒަމްގެ ދާއިރާގައި ތަމްރީނާއި މީހުން ބިނާކުރުން 

  • ހޮޓެލް އިންވެސްޓްމަންޓް އަދި ކޮންޒަވޭޝަން ޓޫރިޒަމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް