Majlis 2024

ލަންކާގެ އެންމެ ބޮޑު އަމިއްލަ އެއާލައިން، ފިޓްސްއެއާގެ އެއާކްރާފްޓެއް. (ފޮޓޯ/ފިޓްސްއެއާ)

ޓްރެވަލް

ލަންކާގެ ފިޓްސްއެއާ އިން ރާއްޖެ-ކޮލަމްބޯ ޝެޑިއުލް ދަތުރުތައް ފަށަނީ

އަންނަ މަހުގެ ކުރީކޮޅު ދަތުރުތައް ފަށަން ރާވާފައި ވާއިރު، އޮކްޓޯބަރު މަހު އޮޕަރޭޝަންތައް ފުޅާކުރާނެ

ސްރީ ލަންކާގެ އެންމެ ބޮޑު ޕްރައިވެޓް އެއާލައިން ކަމަށްވާ 'ފިޓްސްއެއާ' އިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ތަފްސީލު - ފިޓްސްއެއާގެ ރާއްޖޭޭގެ ޖެނެރަލް ސޭލްސް އެޖެންޓް (ޖީއެސްއޭ)، އެވިއޭޝަން ސާވިސަސް އިން މިއަދު ބުނީ އެ ދަތުރުތައް އަންނަ މަހުގެ 7ގައި ފަށަން ރާވާފައިވާާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި:

  • އަންނަ މަހުގެ ނިޔަލަށް ފްލައިޓް އޮޕަރޭޓު ކުރާނީ ހަފްތާ އަކު ހަތަރު ދުވަހު 

  • އޮކްޓޯބަރު މަހުން ފެށިގެން ދުވާލަކު ފްލައިޓެއް ބާއްވާނެ

އެނގުން މުހިންމު - އެވިއޭޝަން ސާވިސަސް އަކީ އަލަށް ދަތުރުތައް ފަށާ ފިޓްސްއެއާގެ އިތުރުން އިންޑިގޯ، އިއްތިހާދު އެއާވޭސް އަދި އަލިޓާލިއާގެ ވެސް ރާއްޖޭގެ ޖީއެސްއޭ އެވެ.

ފިޓްސްއެއާ އިން މީގެ ކުރިން ރާއްޖެ އާއި ލަންކާއާ ދެމެދު ކާގޯ އޮޕަރޭޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ފަސްމަންޒަރު - މާލެ އާއި ކޮލަމްބޯއާ ދެމެދު މިހާރު އުދުހެނީ ލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަން އެއާލައިންސް އިން އެކަންޏެވެ. ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ކޮލަމްބޯގެ ރަތުމަލާނަ އެއާޕޯޓަށް މިދިޔަ މާޗު މަހު ދަތުރުތައް ފެށި ނަމަވެސް މިހާރު ވަނީ އެ ދަތުރުތައް ހުއްޓާލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް