ފެޝަން

ދިވެހި ލަގްޒަރީ ބްރޭންޑް ކޮއެލްގެ ފުރަތަމަ އައިނުތައް ބާޒާރަށް

މިހާރު ވިއްކަން ފަށާފައިވާ 'ރަން އަކިރި' ސީރީޒްގެ އައިނުތައް ދާރުލްއާސާރަށް ވެސް ވަނީ ހަދިޔާކޮށްފައި
13 ޑިސެމްބަރު 2021

ރާއްޖޭގެ ލަގްޒަރީ މާކެޓް ދަނީ ދުވަހުން ދުވަހަށް ފުޅާވަމުންނެވެ. އެކަމަކު ލަގްޒަރީ މާކެޓަށް ނުކުންނަ ބްރޭންޑެއްގައި ހުންނަން ޖެހޭ ވަކި ސިފަތަކެއް ނުވަތަ އެ ބްރޭންޑުން ނެރޭ އުފެއްދުންތަކުގައި ހުންނަންޖެހޭ މިންގަނޑުތަކެއް ވެ އެވެ. ކޮއެލް ހޯލްޑިންސްއަކީ އެ ކަންކަމަށް ވިސްނައިގެން ރާއްޖޭގެ ބާޒާރަށް ތައާރަފުވި ވިޔަފާރިއެކެވެ.

ކޮއެލް އައިވެއާގެ ފުރަތަމަ އައިނު ސީރީޒް 'ރަން އަކިރި' މިދިޔަ ހުކުރުދުވަހު ކްރޮސްރޯޑްސް މޯލްޑިވްސްގައި ވަނީ ލޯންޗުކޮށްފަ އެވެ. އެ ހަފްލާގެ ރަތް ދޫލަ މަތިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނާއި ސެލެބްރިޓީން ފެނުނެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އާޓްސް އަދި ކަލްޗާގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު ހަފްލާގައި ބައިވެރިވަޑައިގަތެވެ. އަދި އެކްޓްރެސް ނިއުމާ މުހައްމަދާއި ޓިކް ޓޮކް ތަރި ނިމްޝާ ވެސް ރަތް ދޫލައިން ފެނުނެވެ. 

  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މީގެ އެއް އަހަރު ކުރިން ފަރުމާކުރަން ފެށި ކޮއެލްގެ 'ރަން އަކިރި' ސީރީޒް އަށް ހިޔާލު ހޯދައިފަވަނީ ރާއްޖޭގެ ސަގާފީ ލިޔެލާޖެހުމުގެ މަސައްކަތުންނެވެ. ކޮއެލް ހޯލްޑިންސްގެ ކްރިއޭޓިވް ޑިރެކްޓަރު ޝާބިން ހަބީބު ލޯންޗިން އިވެންޓުގައި ބުނިގޮތުގައި ލިޔެލާޖެހި ޑިޒައިންތަކުން ޒަމާނީ ޑިޒައިނެއް ނެރޭވޭތޯ އެ ކުންފުނިން މަސައްކަތް ކުރި އެވެ. މި ޑިޒައިންތައް، ބްރޭންޑުގެ ލޯގޯއިންނާއި 'ރަން އަކިރި' ސީރީޒްގެ އައިނުތައް ކަމަށްވާ 'ދޮހޮއްކޮ'، 'ސަރަނގު' އަދި 'މަރިޔަނބު' އިން ފެނެ އެވެ.

އައިނުތައް ހަދާފައިވަނީ، ފެންވަރު ރަނގަޅު އައިނުގެ ބައިތައް އުފައްދާ ޖަރުމަން އަދި އިޓަލީ ފަދަ ގައުމުތަކުން އެކި ބައިތައް ރާއްޖެ ގެނެސްގެނެވެ. މޫނުގެ ބައްޓަމާ ގުޅޭ ގޮތަށް އައިނު ފަރުމާކުރަން ސަމާލުކަންދިން ކަމަށް ޝާބިން ބުންޏެވެ.

ދިވެހިން ފަރުމާ ކޮށްފައިވާ ލަގްޒަރީ އުފެއްދުމެއް ބައިނަލްއަގްވާމީ ބާޒާރަށް ނެރެ، ވާދަކުރަން ކޮއެލް އައިވެއާ ތައްޔާރުކަން ޝާބިންގެ ވާހަކައިން އެނގުނެވެ. 

  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
  • ކޮއެލް އައިވެއާގެ 'ރަން އަކިރި' ސިރީސްގެ އައިނުތައް އިފްތިތާހް ކުރުމުގެ ހަފްލާ. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އިވެންޓުގައި ޓުއަރިޒަމް މިނިސްޓަރު މައުސޫމް ވަނީ ދިވެހި އަމިއްލަ އުފެއްދުންތައް މާކެޓަށް ތައާރަފު ކުރި އަދަދު  މި އަހަރު ކުރިއަށްވުރެ ގިނަކަން ފާހަގަކުރައްވައިފަ އެވެ. އެކަމުން ފެންނަނީ ދިވެހި ޒުވާނުންގެ ފަންނުވެރިކަމާއި ހިތްވަރުގަަދަކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮއެލްގެ 'ރަން އަކިރި' ސީރީޒްގެ ފުރަތަމަ އައިނު މޮޑެލްތައް ރާއްޖޭގެ ދާރުލްއާސާރަށް ހަދިޔާ ކުރި އެވެ. އެ ސީރީޒް އިފްތިތާހުކުރައްވައި އައިނުތަކާ ހަވާލުވެވަޑައިގަތީ ސްޓޭޓް މިނިސްޓަރު ތޯރިގް އެވެ. 

އިވެންޓުގައި 'ރަން އަކިރި' ސީރީޒްގެ އައިނުތައް ދައްކާލަން ބަހައްޓާފައި ހުއްޓެވެ. އަދި މެހެމާނުންނަށް އައިނުތައް އަޅައި އޭގެ ފަރުމާކުރުންތައް ކައިރިން ބަލައިލަން ފުރުސަތު ލިބުނެވެ.

ކޮއެލް ހޯލްޑިންސްގެ ފުރަތަމަ ޕްރޮޑަކްޓް ލޯންޗު ކުރި އެ ކުންފުނީގެ ޓީމުން އުއްމީދު ކުރަނީ މިއީ ފެށުމެއް ކަމަށެވެ. 

ކޮއެލް ބްރޭންޑުގެ އައިނު އިއްޔެ އިން ފެށިގެން ކޮއެލް އައިވެއާގެ އިންސްޓަގްރާމް ޕޭޖާއި އޯތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުން ވިއްކަން ވަނީ ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް