Majlis 2024

ކޮކާ-ކޯލާގެ 'އަންކެޕް، ބިލީވް، ފްލައި' ޕްރޮމޯޝަންގައި ވޯލްޑް ކަޕް މެޗެއް ބަލައިލުމުގެ ފުރުސަތު ލިބުނު ނަސީބުވެރިން ގަތަރަށް ފުރަން އެއާޕޯޓުގައި. (ފޮޓޯ/ކޮކާ-ކޯލާ)

ކޮކާ-ކޯލާ

ކޮކާ-ކޯލާގެ ޕްރޮމޯޝަންގެ ނަސީބުވެރިން ވޯލްޑް ކަޕް ބަލަން ގަތަރަށް

އެ ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު އަށް މީހަކަށް، އިތުރު އެކަކު ގޮވައިގެން ވޯލްޑް ކަޕްގެ ކުއާޓަ ފައިނަލް މެޗެއް ބަލާލައި ގަތަރުގެ ސަގާފަތް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ދީފައި
6 ޑިސެމްބަރު 2022
1

ގަތަރު ވޯލްޑް ކަޕާ ދިމާކޮށް ކޮކާ-ކޯލާއިން ކުރިއަށްގެންދިޔަ 'އަންކެޕް، ބިލީވް، ފްލައި' ޕްރޮމޯޝަންގައި އެ މުބާރާތުގެ މެޗެއް ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބުނު ނަސީބުވެރިން ގަތަރަށް ފުރައިފި އެވެ.

ވީ ކިހިނެއް؟ - އެ ޕްރޮމޯޝަންގައި ވޯލްޑް ކަޕް މެޗެއް ވަގުތުން ބަލައިލުމުގެ ފުރުސަތު ލިބުނީ އަށް ނަސީބުވެރިންނަށެވެ. އެ އަށް މީހުންނާއި އެ ފަރާތްތަކުގެ ބައިވެރިން ގަތަރަށް ފުރީ މިދިޔަ އާދީއްތަ ދުވަހު އެވެ.

ތަފްސީލު - އެ މީހުންނަށް ވޯލްޑް ކަޕްގެ އެންމެ ފޯރިގަދަ އެއް މަރުހަލާ ކަމަށްވާ ކުއާޓަ ފައިނަލްގެ މެޗެއް ބަލައިލަން ލިބޭނެ އެވެ. އޭގެ އިތުރުން މިއީ ގަތަރާއި ގަލްފު ސަރަހައްދުގެ މުއްސަނދި ސަގާފަތް ދެނެގަނެ، ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް ލިބޭނެ ދަތުރެކެވެ.

'އަންކެޕް، ބިލީވް، ފްލައި' ޕްރޮމޯޝަން

ވޯލްޑް ކަޕާ ދިމާކޮށް ފެށި އެ ޕްރޮމޯޝަން ކުރިއަށްގެންދިޔައީ 1 ސެޕްޓެމްބަރުން 31 އޮކްޓޫބަރުގެ ނިޔަލަށެވެ. އެ ޕްރޮމޯޝަންގައި ދިން އިނާމުތަކަކީ:

  • ހުރިހާ ހަރަދެއް ލިބޭ ގޮތަށް ވޯލްޑް ކަޕް މެޗެއް ލައިވްކޮށް ބަލާލަން ގަތަރަށް ދިއުމުގެ ފުރުސަތު - އަށް ފަރާތަކަށް، އިތުރު އެކަކު ގޮވައިގެން

  • ވޯލްޑް ކަޕް 2022ގެ ރަސްމީ ބޯޅަ 'އަލް ރިހުލާ' - އަށް ފަރާތަކަށް

  • ހަފްތާއަކު އެއް ނަސީބުވެރިއަކު ހޮވައި ފީފާ 22 ގޭމްއާ އެކު ޕްލޭސްޓޭޝަން 5 ކޮންސޯލެއް

  • ކޮންމެ ދުވަހަކު ގުރުއަތުން ހޮވުނު ފަރާތްތަކަށް ގޭގައި ތިބެގެން ވޯލްޑް ކަޕް ބަލާއިރު އިންސާފުކޮށްލުމަށް ކޮކާ-ކޯލާ ކޭސްތަކެއް

ފުޓުބޯޅައަށް ލޯބިކުރާ ދިވެހިންނަށް ޝައުގުވެރި ޕްރޮމޯޝަންތަކާއި މުބާރާތުގެ މެޗުތައް ދެއްކުމާއި އެ ނޫން އިތުރު ހަރަކާތްތައް ވެސް ކޮކާ-ކޯލާއިން ކުރިއަށްގެންދެ އެވެ.

އޭގެ އިތުރުން، 'ކޮކާ-ކޯލާ ފޭން ޒޯން'ގެ ނަމުގައި ވޯލްޑް ކަޕަށް ހާއްސަ ވެބްސައިޓެއް ވެސް ވަނީ ތައާރަފްކޮށްފަ އެވެ. އެ ވެބްސައިޓް މެދުވެރިކޮށް، ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސަޕޯޓަރުންނަށް މެޗުތަކުގެ ސްކޯ ދިމާކޮށްގެންނާއި އެކި ކަހަލަ "ވައުދު" ވެގެން އެ މީހަކު ސަޕޯޓުކުރާ ޓީމަށް ކުރާ ސަޕޯޓު ދައްކާލެވޭނެ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން މުބާރާތުގެ ކޮންމެ ހަރުފަތެއްގައިވެސް އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.

ކޮކާ-ކޯލާ އާއި ވޯލްޑް ކަޕް

ކޮކާ-ކޯލާ ކުންފުންޏަކީ ފީފާގެ އެންމެ ގިނަ ދުވަސްވީ ކޯޕަރޭޓް ޕާޓްނަރުންގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. 1974 ވަނަ އަހަރު ރަސްމީ ސިފަ ޖެހުނު އެ ގުޅުމުގެ ތެރެއިން ކޮކާ-ކޯލާއިން އަންނަނީ 1978 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގެ ހުރިހާ މުބާރާތެއް ވެސް ސްޕޮންސާ ކުރަމުންނެވެ. އަދި އެ ކުންފުނިން ވަނީ 1950 ވަނަ އަހަރުން ފެށިގެން ކޮންމެ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ސްޓޭޑިއަމްތަކުގައި އިޝްތިހާރު ކޮށްފަ އެވެ.

ފީފާއާ ގުޅިގެން ކޮކާ-ކޯލާ އިން ވަނީ 2006 ވަނަ އަހަރުން ފެށިގެން 'ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ'ގެ ނަމުގައި މުޅި ދުނިޔެއަށް އެ މުބާރާތުގެ ތަށި ދައްކާލާ ހަރަކާތެއްވެސް އިންތިޒާމްކޮށްފަ އެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ޓްރޮފީ ޓުއާ ރާއްޖެއަށް ޒިޔާރަތްކޮށް، ފީފާ ޓްރޮފީއާ އެކު ދިވެހިންނަށް ވެސް އެ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.

ކޮމެންޓް (1)

މުހައްމަދު

6 ޑިސެމްބަރު 2022
ޝުކުރިއްޔާ ކޯކް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް