Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. (ފޮޓޯ/ މަޖިލިސް)

ސަރުކާރުން ނާޒިމް ހައްޔަރު ކުރީ ހަރުކަށި ބަޔަކު ރުއްސަން: ނަޝީދު

ނަޝީދު ވިދާޅުވީ ކޮއްކޯފުޅު ހައްޔަރުކުރުމުގެ ފަހަތުގައި އޮތީ ސިޔާސީ މަގުސަދެއް ކަމަށް
28 ޖުލައި 2022

ބިދޭސީއަކާ އެކު އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ތުހުމަތު ކުރެވޭ އެމަނިކުފާނުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުު ސަރުކާރަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބަންގްލަދޭޝަށް ނިސްބަތްވާ އެމްޑީ އަލަމްގީރް އާއެކު، މާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ކޮޓަރިއެއްގައި އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ކަމަށް ބުނާ ވީޑިއޯތަކެއް މިދިޔަ މަހުގެ ފަހުކޮޅު ވަނީ ލީކުކުރަން ފަށައިފަ އެވެ.

ވީ ކިހިނެއް؟ - މި މައްސަލައިގައި ކުރިން ހައްޔަރުކޮށްފައިވާ އަލަމްގީރް އާއެކު ނާޒިމް ފެންނަ ކަމަށް ބުނާ ވީޑިއޯއެއް މީގެ ކުރިން ވަނީ ލީކުކޮށްލައިފަ އެވެ. އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ނާޒިމް ހައްޔަރު ކުރީ ރިސޯޓެއްގައި ހުއްޓާ ފުލުހުން އެ ރިސޯޓަށް ގޮހެވެ.

ޖޫން 12، 2022: މެއި 6 ހަމަލާގެ ޝަރީއަތަށް ފަހު ވަކީލުން ކްރިމިނަލް ކޯޓުގެ ބޭރުގައި: ނާޒިމް ސައްތާރު (ދައުރު ފޮޓޯ/ އަބްދުﷲ ޔަޝާއު)

ބުނީ ކީކޭ؟ - ކޮއްކޯފުޅުގެ ދިފާއުގައި ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ "ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން" އެމަނިކުފާނުގެ ކޮއްކޯފުޅު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ހައްޔަރު ކުރީ ޖިނާއީ އިޖުރާއަތްތަކާ ހިލާފަށް ކަމަށެވެ.

ނަޝީދު ތުހުމަތު ކުރެއްވިގޮތުގައި، ސަރުކާރުން ނުފޫޒު ފޯރުވައިގެން އެކަން ކުރީ، ސިޔާސީ މަގުސަދެއްގައި، ސަރުކާރުގައި ތިބި ހަރުކަށި ފިކުރުގެ ބަޔަކު ރުއްސުމަށެވެ.

އެމަނިކުފާނު އެހެން ވިދާޅުވިއިރު، ސަރުކާރު ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ، މުޑުދާރު އަމަލު ހިންގާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅަން ފުލުހުން ފަސްނުޖެހޭނެކަން ކަށަވަރުކުރައްވާނެ ކަމަށް ވިދާޅުވެ ޓްވީޓު ކުރައްވައިފި އެވެ.

ނަޝީދުގެ ޓްވީޓް

ވީޑިއޯތަކުގެ މައްސަލައިގައި ނާޒިމްއަށް ތުހުމަތު ކުރެވުމުން ފުލުހުން ވަނީ އޭނާ ހާޒިރުކޮށް ބަޔާން ނަގައިފަ އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފަ އެވެެ.

އަލަމްގީރްއާ އެކު ޖިންސީ ގުޅުން ހިންގި މައްސަލައިގައި ނާޒިމްގެ އިތުރުން ޑީއާރްޕީގެ ކުރީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި އިތުރު މީހަކު ވެސް މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ ފުލުހަކަށް ވެސް ތުހުމަތުކުރެވެ އެވެ.

ނަމަވެސް ވަނަވަރު ހާމަނުކޮށް ފުލުހުން މިހާތަނަށް ބުނެފައި ވަނީ ހައްޔަަރު ކުރީ 35 އަހަރުގެ މީހަކާއި 45 އަހަރުގެ މީހަކާއި 46 އަހަރުގެ މީހެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް