Majlis 2024

އެއާއޭޝިއާއިން ރާއްޖެ އާއި މެލޭޝިއާއާ ދެމެދު ކުރާ ދަތުރުތައް އިއްޔެ އަލުން ފެށުމުން ގޮތުން ބޭއްވި ފުރަތަމަ ފްލައިޓުގައި ރާއްޖެ އައި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި. (ފޮޓޯ/އެމްއޭސީއެލް)

ރާއްޖެ-މެލޭޝިއާ

އެއާއޭޝިއާއިން ރާއްޖެ-މެލޭޝިއާ ދަތުރުތައް އަލުން ފަށައިފި

އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު ކުރާނެ
4 މޭ 2022

އެއާއޭޝިއާއިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް އިއްޔެ އަލުން ފަށައިފި އެވެ.

އެނގުން މުހިންމު - ކޮވިޑާ ގުޅިގެން މާޗު 2020ގައި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން ދަތުރުތައް ހުއްޓާލުމުގެ ކުރިން، އެއާއޭޝިއާއިން ވަނީ ދުވާލަކު ފްލައިޓެއް ކުއަލަ ލަމްޕޫރާއި މާލެއާ ދެމެދު ބާއްވާފަ އެވެ. ޑިމާންޑް ބޮޑުވުމުން ބައެއް ދުވަސް ދުވަހު ދެ ފްލައިޓު ވެސް އޮޕަރޭޓުކޮށްފައިވެ އެވެ.

ވީ ކިހިނެއް؟ - އޭޝިއާ ސަރަހައްދުގެ އެންމެ މަގުބޫލް އެއް ބަޖެޓް އެއާލައިން ކަމަށްވާ އެއާއޭޝިއާގެ ދަތުރުތައް އިއްޔެ އަލުން ފަށާފައި ވާއިރު، އެ އެއާލައިނުން ހަފްތާއަކު ދެ ދަތުރު މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ކުރާނެ އެވެ.

ތަފްސީލް - ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ދިރިއުޅޭ އަދި ޗުއްޓީ އަށާއި ވިޔަފާރިކޮށްލުމަށް ދިވެހިން އާންމުކޮށް ދަތުރުކުރާ މެލޭޝިއާގެ ބޯޑަރު މިދިޔަ އޭޕްރީލް މަހު ވަނީ ހުޅުވާލާފަ އެވެ. އަދި ވެކްސިން ފުރިހަމަކޮށްފައިވާ މީހުން ކޮވިޑް ޓެސްޓް ހަދަން ނުޖެހޭ ގޮތަށް ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ގުޅުންހުރި ކަމެއް - އެއާއޭޝިއާގެ ތައިލެންޑް އެއާލައިނުން ވެސް ވަނީ ރާއްޖެއަށް ދަތުރުތައް އަލުން ފަށާފަ އެވެ. އެގޮތުން، މިދިޔަ ޑިސެމްބަރުން ފެށިގެން އެ އެއާލައިނުން މާލެ އާއި ބެންކޮކާ ދެމެދު ހަފްތާއަކު ދެ ދަތުރު އަޅަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް