ށ. ފީވަށް. (ފޮޓޯ/ އޭއީއާރްއޯ، ފޭސްބުކް)

ތިމާވެށި

ވެއްޔާއި އަކިރި ނެގުމުން ފީވަކު ކައުންސިލު 83،000ރ. އިން ޖޫރިމަނާކޮށްފި

އީޕީއޭ އިން ބުނީ އެ ރަށުގެ ކައުންސިލުން ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށް ވެއްޔާއި އަކިރި ނަގާފައިވާ ކަމަށް
22 ޖެނުއަރީ 2023

ށ. ފީވަކު ކައުންސިލުގެ އިސްނެގުމުގެ މަތިން ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށް އެ ރަށުގެ ގޮނޑުދޮށުން ވެއްޔާއި އަކިރި ނެގި މައްސަލައެއްގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)ން ފީވަކު ކައުންސިލު 83،525ރ. އިން ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އީޕީއޭ އިން މިއަދު ވަނީ އެކަން އިއުލާނުކޮށް ބަޔާނެއް ނެރެފަ އެވެ.

ތަފްސީލް - އެ ބަޔާނުގައިވާ ގޮތުން:

  • ފީވަކު ގޮނޑުދޮށުން ގިނަ އަދަދެއްގެ ވެއްޔާއި އަކިރި ނެގުމުގެ ޝަކުވާ ލިބުނީ 7 އޮކްޓޯބަރުގައި

  • އީޕީއޭ އިން ބެލި ބެލުމުން އެ ރަށުގެ ގޮނޑުދޮށުން 25 ބަސްތާ ވެއްޔާއި 20 ބަސްތާ އަކިރި ނަގާފައިވޭ

  • އެ ވެއްޔާއި އަކިރި ނަގާފައިވަނީ ފީވަކު ކައުންސިލުގެ އިސްނެގުމުގެ މަތިން އެ ރަށުގައި ކުޑަކުދިން ކުޅޭ ޕާކެއް ތަރައްގީކުރުމަށް އީޕީއޭ އިން ބުނި

އެހެންވެ، އީޕީއޭ އިން ވަނީ، ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން:

  • 83،525ރ. އިން ޖޫރިމަނާކޮށްފައި 

  • ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި އެ ޖޫރިމަނާ ދެއްކުމަށް މި މަހުގެ 12ގައި ފީވަކު ކައުންސިލަށް އަންގާފައިވޭ

އެނގުން މުހިއްމު - ރާއްޖޭގެ ރަށްރަށުން ވެއްޔާއި އަކިރި ނެގުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ. އަދި އެއްވެސް ހާލަތެއްގައި ވެއްޔާއި އަކިރި ނަގަން ޖެހިއްޖެ ނަމަ އެކަން ކުރެވޭނީ ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކަކުން އީޕީއޭގެ ހުއްދައާ އެކު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް