ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް، ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ހިންގި މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ނެޝަނަލް ލައިބްރަރީ)

ބީއެމްއެލް

ގައުމީ ކުތުބުހާނާ ޒަމާނީކުރަން ބީއެމްއެލްގެ އެހީގައި ހިންގި މަޝްރޫއު ނިންމައިފި

ކުތުބުހާނާ ތަރައްގީކުރުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދިނީ، ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރޭގައި ހިމަނައިގެން

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ގައުމީ ކުތުބުހާނާ ޒަމާނީ ކުރުމަށް ފެށި މަސައްކަތް މިއަދު ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - ކުތުބުހާނާ ތަރައްގީކޮށް، އެ ތަނަށް ޒަމާނީ ބަދަލުތައް ގެނައުމަށް ބީއެމްއެލް އިން އެހީތެރިކަން ދޭން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ ޑިސެމްބަރު 2021ގަ އެވެ.

ކުތުބުހާނާ ތަރައްގީކުރުމަށް ބީއެމްއެލް އިން އެހީތެރިކަން ފޯރުކޮށްދިނީ މިދިޔަ ނޮވެމްބަރު މަހު ފާހަގަކުރި ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ މުޖުތަމައަށް ފައިދާހުރި 12 ހަރަކާތުގެ ތެރޭގައި ހިމަނައިގެންނެވެ.  

ތަފްސީލް - އެ މަޝްރޫއުގެ ދަށުން ތަރައްގީކޮށްފައިވަނީ:

  • ފޮތް ކިޔަން ގޮސް މީހުން ތިބޭ ތަން 

  • މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބައި 

  • ސައިލެންޓް ރީޑިން އަދި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި 

  • މޭކާސް ސްޕޭސް ކޮޓަރި

  • ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތަކަށް ހާއްސަ ކޮޓަރި

އޭގެ އިތުރުން، މި މަޝްރޫއުގެ ދަށުން:

  • ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑުކޮށްފައިވޭ

  • ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލްކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރު ހަދިޔާކުރި

  • އޯޑިއޯ ރިކޯޑްކުރެވޭނެ ބޫތެއް، ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކޮށްފައިވޭ

  • މިހާރަށް ވުރެ ބޮޑަށް ފޮތްތައް ރައްކާތެރިކުރުމަށް، ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމުކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް