ސާރާ އަލީ ޚާން

ސާރާ އަށް ކަރަންގެ ދެ ފިލްމެއް

ކަރަން ފާހަގަވަނީ ތަރިންގެ ދަރިން ނުވަތަ 'ސްޓާ ކިޑްސް' އަށް ފުރުސަތުތައް ފަހިކޮށްދޭ މީހެއްގެ ގޮތުގައި
15 އޯގަސްޓު 2022

ކަރަން ޖޯހަރުގެ ދެ ފިލްމަކުން ސާރާ އަލީ ހާން އަށް ޖާގަ ދީފި އެވެ.

ކަރަން ބުނީ އޭގެ ތެރެއިން އެއް ފިލްމަކީ އެމެޒޯން ޕްރައިމް އަށް އޭނާ ޕްރޮޑިއުސް ކުރާ ފިލްމެއް ކަމަށެވެ. މީގެ އިތުރުން ވެސް އޭނާގެ ދަރުމާ ޕްރޮޑަކްޝަންގެ އިތުރު ފިލްމެއްގައި ސާރާ މަސައްކަތް ކުރާނެ ކަމަށް ކަރަން ބުންޏެވެ.

ކަރަން ފާހަގަ ވަނީ މި ފަހުގެ ތަރިންނާ ގާތް ގުޅުމެއް ބާއްވާ މީހެއްގެ ގޮތުގަ އެވެ. އެ ތަރިންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ވެސް ކަރަން އަށް އެނގެ އެވެ. ނަމަވެސް ކަރަން ބުނީ ސާރާއާ ގުޅޭގޮތުން އޭނާ އަށް މި ވަގުތަށް އެނގެނީ މި ދެ ފިލްމާ ގުޅޭ ވާހަކަތައް ކަމަށާއި ސާރާގެ ދިރިއުޅުމުގެ އިތުރު ކަމެއް އޭނާ އަށް ނޭނގޭ ކަމަށެވެ.

މިފަހުން ސާރާ އާއި ކަރަން ވެސް އިނގިރޭސިވިލާތިގައި ޗުއްޓީ ހޭދަކުރި އިރު ދެ މީހުން ބައްދަލު ކުރުމުން، ސާރާ އަށް ކަރަންގެ ފިލްމަކުން ޖާގަ ދެނީތޯ އޮތީ ސުވާލު އުފެދިފަ އެވެ. މިއީ ސާރާ، ކަރަންގެ ފިލްމެއްގައި މަސައްކަތްކުރާނެ ފުރަތަމަ ފަހަރެވެ.

ކަރަން ފާހަގަ ވަނީ ތަރިންގެ ދަރިން ނުވަތަ "ސްޓާ ކިޑްސް" އަށް ފުރުސަތުތައް ފަހިކޮށްދޭ މީހެއްގެ ގޮތަށެވެ. އެއާއެކު އޭނާ ލޭބަލް ވެފައި އޮންނަނީ ބޮލީވުޑުގެ "ނެޕޮޓިޒަމްގެ ބައްޕަ"ގެ ގޮތުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް