ގަތަރު ވޯލްޑް ކަޕްގައި ސްޕެއިން ކޮޅަށް ލަނޑު ޖެހުމަށް ފަހު ނިކްލަސް ފުލްކްރޫގް (9) އުފާ ފާޅުކުރަނީ

ޖަރުމަން މަރުން ކިރިޔާ ސަލާމަތްވެ، އުއްމީދު އާކޮށްފި

ގްރޫޕް އީގެ ފަހު ދެ މެޗަށް ދާއިރު ހަތަރު ޓީމަށް ވެސް ގަދަ 16ގެ ފުރުސަތު އޮތީ ހުޅުވިފައި
28 ނޮވެމްބަރު 2022
1

ސްޕެއިން އަތުން ބަލިވެ، ގަތަރު ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ކެޓުމުގެ ބިރު އޮތް ޖަރުމަނުން ފަހު ވަގުތު ލަނޑު ޖަހައި އެއްވަރުކޮށް، އުއްމީދުގެ ނޭވާއެއް ރޭ ލައިފި އެވެ.

ވޯލްޑް ކަޕްގައި އިއްޔެގެ ހަތަރު މެޗުގެ ތެރެއިން ފަހު މެޗުގައި ޔޫރަޕާއި ދުނިޔޭގެ ވެސް ފުޓްބޯޅައިގެ ދެ ބާރުގެ ކުރިމަތިލުން ސްޕެއިން ކޮޅަށް އެނބުރި، ގަދަ 16 އަށް ވަނުމުގެ ފުރުސަތު ތަނަވަސްކުރީ 62 ވަނަ މިނިޓްގައި އަލްވާރޯ މޮރާޓާގެ ލަނޑުންނެވެ. މިއީ ގްރޫޕް އީގެ ފުރަތަމަ މެޗުގައި ޖަޕާން އަތުން ބަލިވެފަައިވާ ޖަރުމަނަށް ކުރިމަތިވި ބޮޑު ޕްރެޝަރެކެވެ.

އެކަމަކު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އަދި އާންމު ގޮތެއްގައި ގްރޫޕް ސްޓޭޖުން ސަލާމަތްވާ ޖަރުމަނަށް ކޮންމެ ހާލަތެއްގައި ވެސް ހަމަޖެހިގެން ކުޅުމުގެ ފުރުސަތު އޮވެ އެވެ. ތިބީ އެ ފެންވަރުގެ ކުޅުންތެރިންނެވެ. އެކަން 83 ވަނަ މިނިޓްގައި ސާބިތުކޮށްދިނީ ނިކްލަސް ފުލްކްރޫގް އެވެ.

ގްރޫޕް އީގެ ތާވަލް

  • 1-

    ސްޕެއިން، ކުޅުނު 2، ފައިދާ ގޯލް 7، ޕޮއިންޓް 4

  • 2-

    ޖަޕާން، ކުޅުނު 2، ފައިދާ ގޯލް 0، ޕޮއިންޓް 3

  • 3-

    ކޮސްޓަރިކާ، ކުޅުނު 2، ގެއްލުން ގޯލް 6، ޕޮއިންޓް 3

  • 4-

    ޖަރުމަން، ކުޅުނު 2، ގެއްލުން ގޯލް 1، ޕޮއިންޓް 1

މި ތާވަލަށް ބަލާއިރު ކޮސްޓަރިކާ އަތުން މޮޅުވެގެން ގަދަ 16އަށް ދިއުމުގެ ފުރުސަތު ޖަރުމަނަށް އެބަ އޮތެވެ. އަދި ކުޑަވެގެން ސްޕެއިންއާ އެއްވަރުކޮށްގެން ޖަޕާނަށް ވެސް ފުރުސަތު އެބަ ފަހިވެ އެވެ.

ކޮސްޓަރިކާ ވެސް ޖަރުމަން އަތުން ބަލިނުވެ، ނުވަތަ މޮޅުވެއްޖެ ނަމަ ދެ ވަނަ ބުރަށް ދާނެ އެވެ. އެހެންކަމުން މިއީ އެއް ވަގުތެއްގައި ކުޅޭ ގްރޫޕްގެ ފަހު ދެ މެޗަށް ނުކުންނަ އިރު ކޮންމެ ޓީމަކަށް ވެސް ފުރުސަތު އޮތް ގްރޫޕެކެވެ.

ކޮމެންޓް (1)

ލީރޯއި ސާނޭ

28 ނޮވެމްބަރު 2022
މަ އޭރުވެސް ބުނިން ފުރަތަމަ އެގާރައަށް ލާށޭ. ނުލީމަ ވީގޮތް މީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް