Majlis 2024

ރައީސް ސޯލިހު އދ. ދަނގެތީގެ އިޖުތިމާއީ މަރުކަޒުގައި އެމްޑީޕީ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ދަނގެއްޗަށް އިތުރު ވައުދުތަކެއް: އިންޑަސްޓްރިއަލް ޒޯނަކާއި މޫދަށް އެރޭ ސަރަހައްދެއް

ރައީސް ވިދާޅުވީ ދަނގެތީގައި އިންޑަސްޓްރިއަލް ޒޯނެއް ހިއްކުމުުގެ މަސައްކަތް، އެ ރަށު ބަނދަރު ހިއްކުމުގެ މަޝްރޫއުގެ ތެރެއިން މި އަހަރު ސަރުކާރުން ކޮށްދޭނެ ކަމަށް
24 ޖެނުއަރީ 2023

އދ. ދަނގެތި - މި ރަށު ރައްޔިތުން އެދޭ ގޮތަށް، އިންޑަސްޓްރިއަލް ޒޯންގެ ގޮތުގައި ބޭނުންކުރާނެ ސަރަހައްދެއް މި އަހަރުގެ ތެރޭގައި ސަރުކާރުން ހިއްކައިދީ، މޫދަށް އެރޭ ސަރަހައްދެއް ގާއިމުކޮށްދޭނެކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް ސޯލިހު މި ރަށަށް ވަޑައިގަތުމުން އެމްޑީޕީގެ މެމްބަރުން ވަނީ އެ މަނިކުފާނަށް ބަނދަރުން މަރުހަބާ ކިޔާފަ އެވެ.

ދަނގެތީގެ ބަނދަރުން އެމްޑީޕީ މެމްބަރުން ރައީސް ސޯލިހަށް މަރުހަބާ ކިޔަނީ. (ފޮޓޯ/ކެމްޕޭން ޓީމް)

ވިދާޅުވީ ކީކޭ؟ - ދަނގެތި އިޖުތިމާއީ މަރުކަޒުގައި އެމްޑީޕީގެ މެމްބަރުންނާ މުހާތަބުކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ މި ރަށު ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ބަނދަރުގެ މައްސަލަ ކަމަށެވެ. އަދި ބަނދަރު ބޮޑުކޮށް، އިންޑަސްޓްރިއަލް ޒޯނު، ބަނދަރުން ހިއްކާ ބަޔަށް ބަދަލުކުރުމަކީ ކައުންސިލްގެ ޕްލޭންގައި އޮތް ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން، އިރާދަކުރެއްވިއްޔާ، މި ރަށުގެ ބަނދަރު މި އަހަރުގެ ތެރޭގައި ބޮޑުކުރާއިރު، ތިޔަ ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް އިންޑަސްޓްރިއަލް ޒޯނަށް ބޭނުންވާ ބިން އެތަނުން އިތުރުކޮށް، އެ ޒޯން އެތަނަށް ބަދަލުކޮށްދޭނެކަމުގެ ޔަގީންކަން އަރުވަން،" ރައީސް ވިދާޅުވި އެވެ.

"އޭރުން މިހާރު އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި އެ އޮތް ބިން، ކައުންސިލުން ރައްޔިތުން ބޭނުންވާ ގޮތަށް، ގޯތި ދޫކުރަން، ބޭނުންވާނަމަ އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެ."

އެނގުން މުހިންމު - ރައީސް އެ ވިދާޅުވި މިހާރު މި ރަށުގައި އިންޑަސްޓްރިއަލް ޒޯނެއްގެ ގޮތުގައި ބޭނުންކުރާ ސަރަހައްދަކީ، ދޯނި އެހެލުމަށާއި ކުނި ގޮނޑުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލައިލިޔަސް، ތަރައްގީވަމުން އަންނަ ތަން އެބަ ފެނެ އެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި ދަނގެއްޗާއި މި ދާއިރާގައި ހިމެނޭ އެހެން ރަށްތައް ކަމަށްވާ އޮމަދޫ، މަންދޫ، ދިގުރަށް އަދި ދިއްދުއަށް މި ސަރުކާރުން ކޮށްދޭނެ ކަންތައްތަކެއް ވިދާޅުވެދެއްވި އެވެ. އެގޮތުން، އެ މަނިކުފާނު ރައީސް ވިދާޅުވި ގޮތުގައި:

  • ދަނގެތީގެ ބަނދަރު ބޮޑުކުރާއިރު މޫދަށް އެރޭ ސަރަހައްދެއް ގާއިމުކޮށްދޭނެ

  • މަހިބަދޫން ހިއްކެން އޮތް ބައި އެއްކޮށް ހިއްކަން އެ ރަށު ރައްޔިތުން ބޭނުންވޭ؛ އެ ކަމުގެ އީއައިއޭ ހަދަމުން އަންނައިރު، އެ ރިޕޯޓް ނިމުމުން ބިން ހިއްކަން ފަށާނެ (ތައްޔާރުވަނީ މި އަހަރު ފަށަން)

  • މި ދާއިރާގައި ހިމެނޭ ހުރިހާ ރަށްރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެކި ސްޓޭޖުތަކުގައި ކުރިއަށްދާ ކަމަށް ފާހަގަކުރެއްވި

އިތުރު އާޓިކަލް

އިތުރު އާޓިކަލް