ބީއެމްއެލް އިން އެމްއެސްއޭއާ އެކު އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް އިން ގައުމީ ސާފިން ޓީމުތައް ސްޕޮންސާކޮށްފި

އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވާ ނޭޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިން އެހީވާނެ
19 އޮކްޓޯބަރު 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)އާ އެކު ގައުމީ ސާފިން ޓީމުތަކުގެ ރަސްމީ ސްޕޮންސަރަށް ވުމަށް މިއަދު އެއްބަސްވެއްޖެ އެވެ.

ތަފްސީލް - މި ޕާޓްނަޝިޕްގެ ދަށުން، ޒުވާން މޮޅު ކުދިންގެ ހުނަރު ޕްރޮމޯޓް ކުރުމަށް އެމްއެސްއޭ އިން ކޮންމެ އަހަރަކު ބާއްވާ ނޭޝަނަލް ޖޫނިއަ ސާފިން ޗެންޕިއަންޝިޕަށް ބީއެމްއެލް އިން އެހީވާނެ އެވެ.

ބުނީ ކީކޭ؟ - ބީއެމްއެލްގެ އިންޗާޖް އަދި އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވީ ރާއްޖޭގެ ރާޅާއެޅުންތެރިންގެ ހުނަރާއި ހޯދަމުން އަންނަ ކާމިޔާބީއަކީ އެންމެންނަށް ވެސް ފާހަގަކޮށްލެވޭ ކަމެއް ކަމަށެވެ.

"ބީއެމްއެލް އިސްލާމިކްއާ ގުޅިގެން މޯލްޑިވްސް ސާފިން އެސޯސިއޭޝަނަށް އެހީތެރިވުމަށް އެއްބަސްވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" އޭނާ ވިދާޅުވި އެވެ.

"މި ޕާޓްނަޝިޕްގެ ދަށުން އަޅުގަނޑުމެން އުންމީދު ކުރަނީ މި ކުޅިވަރު ކުރިއެރުވުމާއި ޒުވާން އެތްލީޓުންގެ ހުވަފެން ހަގީގަތަކަށް ހެދުމުގައި އަޅުގަނޑުމެންގެ އެހީތެރިކަން ލިބިގެންދިއުން."

އެނގުން މުހިންމު - ބީއެމްއެލް އިން ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ތަފާތު ހަރަކާތްތައް ހިންގަ އެވެ. އެގޮތުން:

  • ގައުމީ ފުޓްބޯޅަ، ސްވިމިން އަދި ޓެނިސް އެސޯސިއޭޝަނާ އެކު ވަނީ ޕާޓްނަޝިޕް ގާއިމްކޮށްފައި 

  • ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ހިންގަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން ދާދި ފަހުން ބޭންކުން ވަނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ގުޅިގެން މޮޅު އެތްލީޓުންނަށް ސްޕޯޓްސް ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް