Majlis 2024

އ.ދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ނައިބު ރައީސް ފައިސަލް ނަސީމް ތަގުރީރު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

ކޮވިޑް-19

ކޮވިޑްގައި ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުން 71 ބިލިއަން ރުފިޔާއަށް އަރާ: ނައިބު ރައީސް

ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ރަނގަޅު ވުމުގެ މަގުމަތީގައިކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި

ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން ނުވަތަ ޖީޑީޕީގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއް ގެއްލި 4.6 ބިލިއަނަށް ވުރެ ގިނަ ޑޮލަރު (71 ބިލިއަން ރުފިޔާ) އަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އެނގުން މުހިންމު - ފައިސަލް މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގައި ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ތަގުރީރު ކުރައްވަމުންނެވެ. 

  • ބަހުސް ކުރެވެމުންދަނީ 'އިންކްލޫސިވް ރިކަވަރީއެއްގެ މައި ތަނބުގެ ގޮތުގައި ދެމެހެއްޓެނިވި އަދި ރެސިލިއަންޓް ޓުއަރިޒަމެއް' މި މައުލޫއަށް

  • މިއީ ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާ ޔޫއެންޑަބްލިއުޓީއޯއާ ގުޅިގެން އދ.ގެ އާންމު މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދު ބާއްވަވާ ބަހުސެއް

ބުނީ ކީކޭ؟ - ކޮވިޑްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ކުރި އަސަރުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ޖީޑީޕީ ނުވަތަ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ ނަމަ %60އާ ގާތްކުރާ އަދަދެއްގެ ގެއްލުމެއް ރާއްޖެއަށް ވެފައިވާ ކަމަށެވެ. އެގޮތުން ކޮވިޑުގައި ރާއްޖޭގެ ޓޫރިޒަމަށް ލިބުނު ގެއްލުން 4.6 ބިލިއަނަށް ވުރެ ގިނަ ޑޮލަރަށް އަރާނެ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. 

"ރާއްޖޭގެ އިގްތިސާދު މިހާރު އޮތީ ރަނގަޅުވުމުގެ މަގުމަތީގައި،" ނައިބު ރައީސް ފައިސަލް ވިދާޅުވި އެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމަކީ އެޅުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލެވުމަކީ ކާމިޔާބު އަދި ދުނިޔެއަށް ނަމޫނާއެއްކަން ކަން ފާހަގަ ކުރައްވާ ފައިސަލް ވިދާޅުވީ ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް ހަލުވިމިނެއްގައި ކުރިއެރުމުގެ ސިއްރަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ހަރުދަނާ ލީޑާޝިޕާއި އަމިއްލަ ފަރާތްތަކުގެ އެއްބާރުލުން ކަމަށެވެ.

 "ޕްރައިވެޓް ސެކްޓަރާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމުގެ ވަރަށް ފުރިހަމަ މިސާލެއް،" ޓޫރިޒަމް ދާއިރާގެ ވިޔަފާރިތައް ވެސް ކުރައްވާފައިވާ ފައިސަލް ވިދާޅުވި އެވެ.

'ޓޫރިޒަމްގެ ފައިދާ އާންމުންނަށް ލިބޭނޭ ސިޔާސަތުތައް ކަނޑައެޅިއްޖެ'

ނައިބު ރައީސް ފައިސަލް ވިދާޅުވި ގޮތުގައި މި ސަރުކާރުން ވަނީ ޓޫރިޒަމްގެ ފައިދާ އާންމު ރައްޔިތު މީހާއަށް ލިބޭނޭ ގޮތް ފަހި ކުރުމަށް އާ ސިޔާސަތުތަކެއް ތަންފީޒު ކުރަން ފަށައިފަ އެވެ. އެގޮތުން ރިސޯޓް މުވައްޒަފުންގެ އުޖޫރަ ރަނގަޅު ކުރުމުގެ ގޮތުން މިނިމަމް ވޭޖް ތައާރަފްކޮށްދީފައިވާ ކަމަށް ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން %10ގެ ސާވިސް ޗާޖެއް ޓޫރިސްޓުން އަތުން ނެގުން މަޖުބޫރުކޮށް އެ ފައިސާގެ %99 މުވައްޒަފުންނަށް ބަހަން ގާނޫނުން ލާޒިމްކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިނިމަމް ވޭޖް ކަނޑައެޅުމުގެ ގާނޫނެއް މި ސަރުކާރުން ތަންފީޒުކުރަން ފެށުމާއި އެކު، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ 13،000 އަށްވުރެ ގިނަ މުވައްޒަފުންނަށް ފައިދާވޭ،" ނައިބު ރައީސް ވިދާޅުވި އެވެ.

އ.ދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ނައިބު ރައީސް ފައިސަލް ނަސީމް ތަގުރީރު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)
އ.ދ.ގެ އާންމު މަޖިލީހުގައި މިއަދު ބޭއްވި މަތީ ފެންވަރުގެ ތީމެޓިކް ބަހުސްގައި ނައިބު ރައީސް ފައިސަލް ނަސީމް ތަގުރީރު ކުރައްވަނީ (ފޮޓޯ/ ރައީސް އޮފީސް)

މުހިންމު ކަންތައްތަކެއް - ފައިސަލް ވިދާޅުވީ ޓޫރިޒަމް ޑައިވާސިފައިކުރުމާއި ސަގާފަތާއި ތަރިކަ ރައްކާތެރިކޮށް ޓޫރިޒަމްގެ އާ އުފެއްދުންތަކާ ދިމާލަށް ރާއްޖެ ގެންދިޔުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓޫރިޒަމްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރާކަން ވެސް ނައިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ނައިބު ރައީސް ފައިސަލްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކޮވިޑުން އަރައިގަތުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ފަތުރުވެރިކަމަކީ މުހިއްމު އެއްޗެއްކަން ކަށަވަރުކުރުމަށް މެންބަރު ގައުމުތަކާއި އެކު މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް