ރެޑިސަން ބްލޫ މޯލްޑިވްސް. (ފޮޓޯ/ ޓްރިޕް އެޑްވައިޒާ)

އީޕީއޭ

ްއީއައިއޭއާ ނުލާ ހުރުއެޅީގައި މަސައްކަތްކުރުމުން 28 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފި

އދ. ހުރުއެޅީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ކުރީ އީއައިއޭ ނުހަދާ ކަމަށް އީޕީއޭ އިން ބުނޭ

ރެޑިސަން ބްލޫ ރިސޯޓު ހިންގާ އދ. ހުރުއެޅީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބައެއް މަސައްކަތްތައް ތިމާވެއްޓަށް ކުރާ އަސަރު ދެނެގަންނަ ރިޕޯޓު (އީއައިއޭ)އާ ނުލާ ކުރުމުން، އެންވަޔަރްމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރަށް ހިންގާ ކުންފުނި 28 މިލިއަން ރުފިޔާ އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ދަށުން އެ ރަށުގެ ބަނދަރުގެ މަސައްކަތް، ހުރުއެޅި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ނިންމީ އީއައިއޭއާ ނުލާ ކަމަށެވެ.

ތަފްސީލް - އެ ރިސޯޓް ހިންގާ ކުންފުނިން އީއައިއޭއާ ނުލާ ކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ:

  • 1055 އަކަމީޓަރުގެ ސަރަހައްދެއް ކޮނެ، 1582 އަކަމީޓަރުގެ ވެލި ނެގި

  • 60 މީޓަރުގެ ބަނދަރެއް ގާއިމުކުރި

  • ބަނދަރުގެ މަސައްކަތްތައް މިދިޔަ ސެޕްޓެމްބަރުގައި ނިންމާލި

  • މަސައްކަތަށް ނެގި ވެލިތައް އާ ބަނދަރާ އިންވެގެން ބަނދަރުގެ ކީވޯލްގެ ފަހަތަށް އަޅާފައިވާ ކަމަށް ކުންފުނިން ބުނޭ

އީޕީއޭ އިން ބުނީ އެ މަޝްރޫއުގެ ބައެއް މަސައްކަތްތައް އީއައިއޭ މަރުހަލާ ފުރިހަމަނުކޮށް ކޮށްފައި ވާތީ، އެ ކުންފުނި 28.4 މިލިއަން ރުފިޔާ އިން މިދިޔަ ބުރާސްފަތި ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެގޮތުން:

  • އީއައިއޭ ހެދުމުގެ ގަވާއިދުގެ ދަށުން 20،000ރ. އިން ޖޫރިމަނާކުރި

  • ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން 28.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި

  • ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދައްކަން ވަނީ އަންގާފައި

ކޮމެންޓް (1)

އަފާޝް

23 ޖެނުއަރީ 2023
އީޕީއޭ އިންވެސް ރަނގަޅަށް މޮނިޓަރ ކޮށް، މިގޮތަށް ކަންތައް ކުރާ ހުރިޙާ ފަރާތްތަކަކާއިމެދު ޢަމަލު ކުރާނެ ނަމަ ކިހާ ރަނގަޅުވީސް.. މިހާރު ވެސް ރ. އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ހިންގަމުން އަންނަ ކުޑަފުށި ރިސޯޓުގައި ކޮންމެ ދުވަހަކު އެދަނީ ތިމާވެށި ހަލާކު ކުރަމުން. އެކި ފާޑުގެ ތޮށިގަނޑު ލަމުން. އެއްދުވަހު ޖަހާނެ، އަނެއް ދުވަހު ނަގާނެ. އަދި އެއްވެސް ކަހަލަ އީއައިއޭ އެއް ނެތި އެ ދަނީ ގޮނޑުދޮއްތައް ހަލާކު ކުރަމުން. މީ ފެންނަން ހުރި ހަޤީގަތް. ކާކުތޯ މިކަންކަން ބަލަނީ؟ ކޮން ލޮލަކަށްތޯ ފެންނަނީ؟
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް