Majlis 2024

ޕަންޑިތު ޝިވްކުމާރު ޝަރުމާ

ބޮލީވުޑް

'ސިލްސިލާ'ގެ ރީތި މިޔުޒިކް ހެދި ހުނަރުވެރިޔާ މަރުވެއްޖެ

އޭނާއަކީ އިންޑިއާގެ ކްލެސިކަލް މިޔުޒިކްގެ އެންމެ މަޝްހޫރު އެކަކު. ބޮލީވުޑްގެ ފިލްމުތަކަށް ވެސް ރީތި މިޔުޒިކް ހަދައިދިން
12 މޭ 2022

ބޮލީވުޑްގެ މިއުޒިކް ކޮމްޕޯސަރު ޕަންޑިތު ޝިވްކުމާރު ޝަރުމާ އަންގާރަދުވަހު މަރުވެއްޖެ އެވެ.

އުމުރުން 84 އަހަރުގައި ހާޓް އެޓޭކެއް ޖެހިގެން މަރުވިއިރު އޭނާ ދިޔައީ އަންނަ ހަފްތާގައި ބޯޕާލްގައި އޮންނަ އިވެންޓެއްގައި ޕާފޯމް ކުރުމަށް ތައްޔާރުވަމުންނެވެ.

'ސިލްސިލާ'، 'ލަމްހޭ'، އަދި 'ޗާންދްނީ' ފަދަ ފިލްމުތަކަށް މިއުޒިކް ކޮމްޕޯސްކޮށްދީފައިވާ ޝިވްކުމާރަކީ ސަންތޫރު ބޭނުންކޮށްގެން އިންޑިއާގެ ކްލެސިކަލް މިއުޒިކް ކުޅެން ފެއްޓި ފަންނާނެވެ.

ޝިވްކުމާރު ކޮމްޕޯސް ކޮށްފައިވާ ލަވަތަކުގެ ތެރޭގައި 'ތޭރޭ މޭރޭ ހާންތޯންޕޭ'، 'ދޭކާ އޭކް ޚްވާބު'، 'މިތުވާ'، 'މޭރީ ބިންދްޔާ' އަދި 'ޖާދޫ ތޭރީ ނަޒަރް' ހިމެނެ އެވެ.

ޕަންޑިތު ޝިވްކުމާރު ޝަރުމާ މިއުޒިކް ހަދާފައިވާ 'ދޭކަ އޭކް ޚްވާބް'

ސަންތޫރު ކުޅެން ކުޅަދާނަކަމަށް މަޝްހޫރު ކޮމްޕޯސަރުގެ މަރާއެކު ބޮލީވުޑުގައި ވަނީ ހިތާމައިގެ ސާލެއް ލެވިފަ އެވެ. ޝިވްކުމާރަށް އެންމެ ފަހުގެ އިހުތިރާމު އަދާކުުރުމަށް ބޮލީވުޑްގެ ކުރީގެ ގިނަ ފަންނާނުންތަކެއް އިއްޔެ ދިޔަ އެވެ. އޭގެ ތެރޭގައި އަމީތާބު ބައްޗަން އާއި ޖާޔާ ބައްޗަން އާއި ޖާވިދު އަހްތަރާއި ޝަބާނާ އަޒްމީ ހިމެނެ އެވެ.

ޕަންޑިތު ޝިވްކުމާރު ޝަރުމާ މިއުޒިކް ހަދާފައިވާ  'ޖާދޫ ތޭރީ ނަޒަރް'

އިތުރު އާޓިކަލް

އިތުރު އާޓިކަލް