Majlis 2024

ސީޕީ މުހައްމަދު ހަމީދު (މ). (ފޮޓޯ/ ރައީސް އޮފީސް)

ދަނޑުގެ ސެކިއުރިޓީ ފެއިލްވި ކަމަށް ސީޕީ ހަމީދު އިއުތިރާފްވެއްޖެ

އޮޕަރޭޝަންތައް ހަރުދަނާކުރަން ފިޔަވަޅު އަޅުއްވާނެ ކަމަށް އޭނާ ވިދާޅުވި

ގަލޮޅު ދަނޑުގައި އިއްޔެ ހެނދުނު ކުރިޔަށް ގެންދިޔަ ޔޯގާ ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގަން އެ މީހުންނަށް ފުރުސަތު ލިބި، ސެކިއުރިޓީ ބްރީޗްވި ގޮތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ދައުލަތުގެ ބައެއް އިސް ފަރާތްތަކާއި ބޭރުގެ އިސް އޮފިޝަލުންތަކެއް ބައިވެރިވި އެ ހަރަކާތުގެ ތެރެއަށް ބަޔަކު ވަދެ، ބަޔަކަށް ހަމަލާ ދިން އިރު، ދަނޑުގެ ސެކިއުރިޓީ ކަންކަން ހުރި ގޮތާ މެދު ބޮޑެތި ފާޑުކިޔުންތަކެއް އަންނަނީ އަމާޒުވަމުންނެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން. (ފޮޓޯ/އަލްހާރިޔަ)

ތަފްސީލް - ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިއްޔެގެ އެ ހަރަކާތުގައި ފުލުހުން ހަރަކާތްތެރިވި ގޮތާއި ސެކިއުރިޓީ ބްރީޗްވެގެން ދިޔަ ގޮތާ މެދު ވަރަށް ބޮޑެތި ކަންބޮޑުވުންތަކެއް އޭނާގެ ވެސް އެބަހުރި ކަމަށެވެ.

ބުނީ ކީކޭ؟ - "އިއްޔެގެ ފުލުހުންގެ އޮޕަރޭޝަނާ ގުޅޭ އިންޓާނަލް ރިވިއުއެއް ދަނީ ހަދަމުން،" ހަމީދު ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ، ކަމާ ގުޅުންހުރި އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

އިއްޔެ ހަމަނުޖެހުން ހިންގި މީހުންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް ފުލުހުން މަސައްކަތް ކުރަމުން އަންނަ އިރު، ފުލުހުންގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް ވެސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން ވެސް ހަމީދު ދެއްވި އެވެ.

އެނގުން މުހިންމު - ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއަޅައި ހަމަނުޖެހުން ހިންގި މައްސަލަ ބަލައި ފިޔަވަޅު އަޅަން ވަޒީރުންގެ މަޖިލީހުގެ ސަބް ކޮމިޓީއެއް ރޭ ވަނީ އެކުލަވާލައިފި އެވެ. މައްސަލަ ބަލަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހިމެނިވަޑައެއް ނުގަންނަވަ އެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ހަ މީހަކު ހައްޔަރުކޮށްފައި ވާއިރު، ހަމަނުޖެހުން ހިންގި މައްސަލައިގައި ޒިންމާވާ މީހުން ވަރަށް އަވަހަށް ގާނޫނުގެ ކުރިމައްޗަށް ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް (6)

އަބްދުﷲ

22 ޖޫން 2022
ތިވަރަކުން ނުވާނެ! އިސްތިއުފާ ދެއްވާ
1 0

ޝާހުލް

22 ޖޫން 2022
އެހެންވީމަ ދެން އިސްތިއުފާ
1 0

ފިނރުޓޭ

22 ޖޫން 2022
ކީކޭ ދެން އަޅެފަހެ ބުނާނީ ވިއްޔާ؟
0 0

ފިނރުޓޭ

22 ޖޫން 2022
ކޮންމެ މީހެއްގެ ނިތްގަނޑުގައި ވަނީ ކުރަ ލާފަ ދޯ! ވަރަށް އަޅު ކަމަށް ލޯބި ކުރާ ކަމަށް ބެލެވެނީ އިނގޭ! އަނެއްހެން މީ ނިރުބަވެރި އަމަލެއް! އެހެން ކަމުން ނިރުބަވެރިންނާ ދޭތެރޭ އަމަލު ކުރާ އުސޫލުން މި ވެރިންނާ ދޭތެރޭވެސް އަމަލު ކުރަންޖެހޭނެ ކަމަށް ދެކެނީ!
2 1

ތަކުރުފާނު

22 ޖޫން 2022
މިއީ ސީދާ ފެބްރުއަރީ 7ގެ ރެޕްލިކާއެއް/ ފުލުހުން އަބަދު ވެސް ހިންގާނީ މިފަދަ ކަންކަން. ޒިންމާވާ މީހުން ޖެހޭނީ މަގާމުން އިސްތިއުފާ ދޭން/ އިއުތިރާފުވުމަކީ އެއީ އެއްނޫންތޯ
2 0

މުހައްމަދު

22 ޖޫން 2022
އިއުތިރާފް ވީމަ ނިމުނީ؟ މަނިކުފާނު ޒިންމާ ނެންގެވި ކަމަށްވާނީ އިސްތިއުފާ ދެއްވުމުން. އެއީ އެންމެ ރީތި ގޮތަކީ ވެސް.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް