ވެލިގާ ހާޑްވެއާ

ވެލިގާ އެފްޕީއެލްގައި ރެޖިސްޓާވުމުގެ ފުރުސަތު: އާ ސީޒަނަށް ވެސް ގިނަ އިނާމުތަކެއް

މި ލީގުގައި ގިފްޓް ވައުޗާގެ އިތުރުން ކޮންމެ މަހަކު އަދި މުޅި މުބާރާތުން އެންމެ މޮޅު މެނޭޖަރަށް ފައިސާގެ އިނާމު ލިބޭނެ

ފެންޓަސީ ޕްރިމިއާ ލީގު (އެފްޕީއެލް) މެނޭޖަރުންގެ މެދުގައި މަގުބޫލު ވެލިގާ އެފްޕީއެލް 2022/23 ގައި ރެޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެނގުން މުހިންމު - އެފްޕީިއެލް އަކީ ފުޓުބޯޅައަށް އަދި ވަކިން ހާއްސަކޮށް އިންގްލިޝް ޕްރިމިއާ ލީގަށް ލޯބިކުރާ ފަރާތްތަކަށް އަމާޒުކޮށްފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަނުގައި އެއްވެސް އަގަކާ ނުލައި ވާޗުއަލް މެނޭޖަރެއްގެ ގޮތުގައި ރެޖިސްޓާވެ، ޕްރިމިއާ ލީގު ޓީމުތަކުގެ ސްކޮޑުން ކުޅުންތެރިން ނަގައިގެން އަމިއްލަ ވާޗުއަލް ޓީމެއް ހަދައިގެން މެނޭޖު ކުރެވޭނެ އެވެ. އެފްޕީއެލްގެ ބައެއް ގަވާއިދުތަކަކީ:

  • ވާޗުއަލް ޓީމަށް ކުޅުންތެރިން ނެގޭނީ ކޮންމެ ޕްރިމިއާ ލީގު ޓީމަކުން ގިނަވެގެން ތިން ކުޅުންތެރިން

  • ވާޗުއަލް ޓީމަށް ކުޅުންތެރިން 'ގަނެވޭނީ' ފަށާއިރު ދީފައިވާ ބަޖެޓަކުން

  • ޕޮއިންޓު ލިބޭނީ ވާޗުއަލް ޓީމުގައި ހިމެނޭ ކުޅުންތެރިން، އެ ހަފްތާއެއްގައި އަސްލު ކުޅޭ މެޗުގެ ޕާފޯމަންސަށް ބިނާކޮށް

ވީ ކިހިނެއް؟ - ވެލިގާގެ އެފްޕީއެލްގައި ރެޖިސްޓާ ވުމުގެ ފުރުސަތު ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް ވެސް ވަނީ ހުޅުވާލާފަ އެވެ.

ތަފްސީލު - އެފްޕީއެލް އެޕްލިކޭޝަނުގައި ޓީމެއް ރެޖިސްޓާ ކުރުމަށްފަހު ވެލިގާ އެފްޕީއެލްގެ ލީގު ކޯޑު (5j7lm2) ޖަހައިގެން ނުވަތަ އޮޓޯ ޖޮއިން ލިންކު މެދުވެރިކޮށް މި ލީގުގައި ބައިވެރިވެވޭނެ އެވެ. ލީގުގައި ބައިވެރިވުމުގެ ސުންގަޑި އަކީ 30 ސެޕްޓެމްބަރެވެ.

އެއްވެސް އަގަކާ ނުލައި ބައިވެރިވެވޭ ވެލިގާ އެފްޕީއެލްގައި ހުށަހަޅާފައިވާ އިނާމުތަކަކީ:

  • ކޮންމެ މަހަކު ވެސް އެއް ވަނައަށް ހޮވޭ މެނޭޖަރަކަށް 3،000ރ.ގެ ގިފްޓް ވައުޗަރެއް

  • މުޅި މުބާރާތުން އެއް ވަނައަށް ހޮވޭ މެނޭޖަރަށް 50،000ރ.ގެ ގިފްޓް ވައުޗަރެއް

  • އިތުރު 10 ފަރާތަކަށް 2،000ރ.ގެ ގިފްޓް ވައުޗަރު

ބުނީ ކީކޭ؟ - ވެލިގާއިން ބުނީ އެންމެ ފަހުން ނިމުނު ވެލިގާ އެފްޕީއެލް 2021/22އަށް ރާއްޖޭގެ އެފްޕީއެލް ކޮމިއުނިޓީގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށެވެ. އެގޮތުން އެ ކުންފުނިން ބުނީ ނިމިދިޔަ ސީޒަނުގައި ވެލިގާ އެފްޕީއެލްގައި 12،000އަށް ވުރެ ގިނަ މެނޭޖަރުން ބައިވެރިވެފައިވާ ކަމަށެވެ.

މިދިޔަ ސީޒަނުގައި ވަނަތަކަށް ހޮވުނު ފަރާތްތަކަށް މިދިޔަ އާދީއްތަ ދުވަހު ވެލިގާއިން ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ޕްރިމިއާ ލީގާ ދިމާކޮށް މިފަދަ ފެންޓަސީ ލީގެއް ހިންގުމުގެ މަގުސަދަކީ، ޕްރިމިއާ ލީގަކީ ގިނަ ދިވެހިން އަދި ވެލިގާގެ ކަސްޓަމަރުންގެ މެދުގައި ވެސް މަގުބޫލު މުބާރާތަކަށް ވުމާ އެކު ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް އާލާކޮށް ހަރުދަނާ ކުރުން،" ވެލިގާއިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް