އިސްލާމިކް މިނިސްޓްރީގެ ކައުންޓަރަކުން މި އަހަރުގެ ޒަކާތުގެ ފައިސާ ބަލައިގަންނަނީ. (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

ޒަކާތް ބަލައިގަންނަ ގަޑިތަކަށް ބަދަލު ގެނެސްފި

ރޯދަ މަހުގެ 26ގެ ނިޔަލަށް 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވޭ

ފިތުރު ޒަކާތް ބަލައިގަންނަ ވަގުތުތަކަކަށް އިސްލާމިކް މިނިސްޓްރީން މިއަދުން ފެށިގެން ބަދަލު ގެނެސްފި އެވެ.

ވީ ކިހިނެއް؟ - މިނިސްޓްރީން މިއަދު ބުނީ، ގޮވާމުން ފިތުރު ޒަކާތް ބަލައިގަތުމާއި ބެހުން އަދި ފައިސާއިން ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

ތަފްސީލު - ގަޑިތަކަށް ގެނެސްފައިވާ ބަދަލުތަކަކީ:

ގޮވާމުން ޒަކާތް ބަލައިގަތުން:

  • މިއަދު - ހެނދުނު 10އިން ހަވީރު 5:15އަށް

  • މާދަމާ އީދު ދުވަހަށް ނުވެއްޖެ ނަމަ - ހެނދުނު 10އިން މެންދުރު 12އަށް

ގޮވާމުން ފިތުރު ޒަކާތް ބެހުން:

  • މިއަދު - ރޭގަނޑު 9އިން 10:30އަށް

  • މާދަމާ އީދަށް ނުވެއްޖެ ނަމަ - ހެނދުނު 10އިން މެންދުރު 12އަށް

މިނިސްޓްރީގެ ކައުންޓަރުން ޒަކާތް ބަލައިގަތުން:

  • މިއަދު - ހެނދުނު 10އިން ހަވީރު 5:15އަށް

  • މާދަމާ އީދަށް ނުވެއްޖެ ނަމަ - ހެނދުނު 10އިން މެންދުރު 12އަށް

ބަނޑޭރި ޕޯޓަލުން އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ އެންމެ ފަހު ރޯދައިގެ އިރުއޮއްސި 6 ޖަހަންދެނެވެ.

އެނގުން މުހިންމު - ރޯދަ މަހުގެ 26ގެ ނިޔަލަށް ޒަކާތުގެ ގޮތުގައި 5 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީން ކަނޑައަޅާފައިވާ ގޮވާމުގެ ބާވަތްތަކުގެ 2.4 ކިލޯއަށްވާ ފައިސާއިންނެވެ.

ޒަކާތު ދައްކަން ޖެހޭ މިންވަރު:

  • އާދައިގެ ހަނޑޫ - 12ރ.

  • ތައިލެންޑް ހުދު ހަނޑޫ - 77ރ.

  • ރަތް ހަނޑޫ - 72ރ.

  • ބާސްމަތީ ހަނޑޫ (އާދައިގެ) - 77ރ. 

  • ބާސްމަތީ ހަނޑޫ (މޮޅު) - 90ރ.

  •  ބާސްމަތީ ހަނޑޫ (އެންމެ މޮޅު) - 132ރ.

  • އާދައިގެ ފުށް - 12ރ.

  •  އާޓާ ފުށް - 75ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް